ބާތިލުކުރި އެއްބަސްވުންތަކުން އެޗްޑީސީއަށް ނުލިބި ހުރި އަދަދު 195 މިލިއަން ރުފިޔާގައި

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް:

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް:

އެކި މަސައްކަތްތައް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުުއްޔަށް ދޫކުރި ބިންތަކުގެ ތެރެއިން ބާތިލުކުރި އެއްބަސްވުންތަކުން އެ ކުންފުންޏަށް ނުލިބިވާ ފައިސާގެ އަދަދު 195 މިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެ އެވެ.

އެޗްޑީސީއަށް ނުލިބޭ ފައިސާގެ މައްސަލަ ދިރާސާކުރަމުންދާ މާލިއްޔަތު ކޮމިޓީގައި މިއަދު ދެކެވުނު ވާހަކަތަކުން އެނގުނު ގޮތުގައި އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަނާ ގާތްކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ މީހުން ދައްކަން ޖެހޭ ފައިސާ ވެސް ހިމެނެ އެވެ.

މި ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ މިހާރު ވެސް ހިނގަމުންދާ އެއްބަސްވުންތަކާ ގުޅިގެންނެވެ. ނަމަވެސް ބާތިލުކޮށްފައިވާ އެއްބަސްވުންތަކާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަ ހުއްޓެވެ. އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާގެ އެޗްސީއެޗް ޑިވެލޮޕްމަންޓްސް އެވެ. އެ ކުންފުނިން އެކަނި 76.3 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.

މި ލިސްޓުން ފާހަކޮށްލެވޭ އެހެން ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އާއި އިންޓަޕޯލް ރެޑް ނޯޓިސް ލިސްޓުގައި ހިމެނޭ ވިޔަފާރިވެރިޔާ މުހައްމަދު ބާގިރުގެ އެޓޯލް ޕެރެޑައިސް ކުންފުންޏާއި ބައެއް އަމިއްލަ މީހުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އުވާލުމުގެ މަރުހަލާގައި ހުރި ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.

ބާތިލުކުރި އެއްބަސްވުންތަކާ ގުޅިގެން އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ލިސްޓު

  1. އެޗްސީއެޗް ޑިވެލޮޕްމަންޓް - 76.3 މިލިއަން ރުފިޔާ
  2. އެޓޯލް ޕެރެޑައިސް - 19.5 މިލިއަން ރުފިޔާ
  3. އެސްޓީއޯ - 12.9 މިލިއަން ރުފިޔާ
  4. އެމްވީކޭ - 7.3 މިލިއަން ރުފިޔާ
  5. އެޓޯލް ޕެރެޑައިސް - 7.1 މިލިއަން ރުފިޔާ
  6. މޯލްޑިވްސް މެރިން ކޮންޓްރެކްޓިން ކޮމްޕެނީ - ހަ މިލިއަން ރުފިޔާ
  7. އެލްޓިޓިއުޑް - 4.6 މިލިއަން ރުފިޔާ
  8. މުހައްމަދު އަބްދުﷲ - 4.2 މިލިއަން ރުފިޔާ
  9. އޮބްލިކް - 4.1 މިލިއަން ރުފިޔާ
  10. އެޓޯލް ޕެރެޑައިސް - 2.8 މިލިއަން ރުފިޔާ

މި އެއްބަސްވުންތައް ގުޅެނީ ހުޅުމާލޭގައި އެކި ބޭނުންތަކަށް ދޫކޮށްފައި ހުރި ބިންތަކާ އެވެ. އޭގެ ތެރޭގައި ސިނާއީ ސަރަހައްދާއި ކޮމާޝަލް ބޭނުންތަކަށް ދޫކޮށްފައި ހުރި ތަންތަން ހިމެނެ އެވެ.

އެޗްޑީސީއަށް ނުލިބި ހުރި ފައިސާއާ ގުޅިގެން މާލިއްޔަތު ކޮމިޓީން ވަނީ ބާތިލުކުރި އެއްބަސްވުންތަކާ ގުޅޭ ބިންތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށާއި އެ ފައިސާ ހޯދަން ކުރަމުންދާ މަސައްކަތްތައް އެ ކޮމިޓީއަށް އަންގަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox