އެޗްޑީސީއަށް ނުލިބިވާ ފައިސާ ބިލިއަނުން މަތީގައި، ބޮޑެތި ވިޔަފާރިތައް ހިމެނޭ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަމުންދާ އިމާރާތްތަކާއި ހުހަށް ހުރި ބިންތައް: އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ ލަގްޒަރީ ހައުސިން އަޅަން ދޫކޮށްފައި ހުރި ބިންތަކުން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަމުންދާ އިމާރާތްތަކާއި ހުހަށް ހުރި ބިންތައް: އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ ލަގްޒަރީ ހައުސިން އަޅަން ދޫކޮށްފައި ހުރި ބިންތަކުން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނޭ ކަމަށް މާލިއްޔަތު ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި މެންބަރުން ބުނީ ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިނގަމުންދާ އެއްބަސްވުންތަކާ ގުޅިގެން ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އާއި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުން ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.

ފައިސާ ނުދައްކާ ހުރި ބިންތަކުގެ ތެރޭގައި އެންމެ ބޮޑެތި އަދަދުތަކުން ކުލި ނުދައްކާ ހުރީ ހުޅުމާލޭގައި މަތީ ފަންތީގެ ގެދޮރުއަޅަން "ޑިވެލޮޕްމަންޓް އެންޑް ސޭލްސް ރައިޓްސް" އުސޫލުން ދޫކޮށްފައި ހުރި ބިންތަކާއި ގުޅީފަޅާއި ތިލަފުށިން ސިނާއީ ބޭނުންތަކަށް ދޫކޮށްފައި ހުރި ބިންތަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މި މައްސަލައާ ގުޅޭ ލިޔުމަކުން ދައްކާ ގޮތުގައި، އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ "އަކުއާވީޓާ ރެސިޑެންސީސް" ތަރައްގީކުރި އެންޕީއެޗް ކުންފުނިންނެވެ. އެ ކުންފުނިން ނުދައްކާ ހުރި އަދަދު 215 މިލިއަނަށް އަރަ އެވެ.

އެޗްޑީސީއަށް އެންމެ ގިނަ ފައިސާ ނުދައްކާ ހުރި ކުންފުނިތައް

  1. އެންޕީއެޗް ޑިވެލޮޕްމަންޓްސް - 215.2 މިލިއަން ރުފިޔާ
  2. ޖައުސާ އިންވެސްޓްމަންޓް - 99.4 މިލިއަން ރުފިޔާ
  3. އައިލެންޑް އެކްސްޕާޓް - 85 މިލިއަން ރުފިޔާ
  4. ހަންބޯ ކުންފުނި - 69.9 މިލިއަން ރުފިޔާ
  5. ރެއިންބޯ މެގަ ޑިވެލޮޕާސް - 68.9 މިލިއަން ރުފިޔާ
  6. ޔޮޓް ޓުއާސް - 36.3 މިލިއަން ރުފިޔާ
  7. އެންސިސް ފިޝަރީޒް - 27.1 މިލިއަން ރުފިޔާ
  8. އަމީން ކޮންސްޓްރަކްޝަން - 25.2 މިލިއަން ރުފިޔާ
  9. ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ - 23.4 މިލިއަން ރުފިޔާ
  10. ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ 14.4 މިލިއަން ރުފިޔާ

އެ ލިސްޓުގައި ދެން ވެސް އޮތީ މި ގޮތަށް މަތީ ފަންތީގެ ފްލެޓުތައް އިމާރާތް ކުރަން ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ ފައިސާ އެވެ.

އޭގެ ތެރޭގައި ފްލެޓުތައް ވިއްކައިގެން އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަައިގައި ހިމެނޭ ހަސަން މަމްދޫހު (މަންޑޭ) އާ ގުޅުން އޮތް ހަންބޯ ކުންފުންޏާއި އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފްލެޓުތައް ނުނިންމާ އުޅޭ ޖައުސާ ކުންފުނި ހިމެނެ އެވެ. އަދި ފުލުހުންގެ ފްލެޓުތައް ތަރައްގީކުރަން ހަވާލުކުރި އައިލެންޑް އެކްސްޕާޓު ކުންފުނި ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ވޯޓާ ޕާކެއް ތަރައްގީކުރަން ހަވާލުކުރި ވޯޓާ ފްރަންޓު ހޮޓެލް އެންޑް ލެޝާ ކުންފުނިން ވެސް ދެ ބިމަކަށް ދައްކަން ޖެހޭ 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބައޮތެވެ. އެއީ މިހާރު އެޗްޑީސީން ބާތިލުކޮށްފައި އޮތް ކޮންޓްރެކްޓެކެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ނިންމީ މި ފައިސާތައް ހޯދަން އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައި ހުރި މަސައްކަތްތަކުގެ އިތުރުން މި ފައިސާ ނުހޯދޭ ކަމުގައި ވަނީ ނަމަ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އަޅަން ގަސްތުކުރާ ފިޔަވަޅުތައް އެ ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އެންގުމަށެވެ. އަދި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުގައި ހުރި ބިންތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox