އަންނަ ފެބްރުއަރީ ނިމުމުގެ ކުރިން މަޝްރޫއުތަކުގެ ތަފުސީލުތައް ދޭން އަންގަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ކުރަނީ: ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ އެއާޕޯޓުތައް ތަރައްގީކުރަން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ކުރަނީ: ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ އެއާޕޯޓުތައް ތަރައްގީކުރަން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމު (ޕީއެސްއައިޕީ) ގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރަށް އަންގަން ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މި ގޮތަށް ހުށަހަޅަން ފާސްކުރީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ރެކޮމެންޑޭޝަނެއްގެ ގޮތުގަ އެވެ. މި ރެކޮމެންޑޭޝަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ނާޒިމްގެ ހުށަހެޅުއްވުމުގައި އޮތީ ޕީއެސްއައިޕީ ޕައިޕްލައިންގައިވާ މަޝްރޫއުތައް ހަމައަށް އަގުކޮށް، ރޭޝަނަަލައިޒްކޮށް ތަރުތީބު ކުރުމަށް ފަހު ތިން ކަމެއް ކުރަން ސަރުކާރަށް އަންގާށެވެ.

އެއް ކަމަކީ އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް، ރަށްތައް އެނގޭނެހެން، މަޖިލީހާ ހިއްސާކުރުމެވެ. ދެވަނަ ކަމަކީ އެކިއެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތަކުގެ ލިސްޓެއް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހާ ހިއްްސާކުރުމެވެ. ތިން ވަނަ ކަމަކީ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމެވެ.

"މިއީ ބަޖެޓުގައި ހިމެނިފައި ނެތް ކަމަށް، މަޝްރޫއުތައް ނެތީމައި، އަޅުގަނޑުމެންނަށް އަންނަ އަހަރު ފެށޭ ތަނުން މަޖިލިސްއަށް ގެންނަން ބޭނުންވެގެން ހުށަހަޅާ ހުށަހެޅުމެއް. އެއިރަށް ކަން އޮތް ގޮތް އަޅުގަނޑުމެންނަށް ސާފު ވާނެ," މި ރެކޮމެންޑޭޝަންތައް ހުށަހެޅުއްވި ސަބަބު ސާފުކޮށްދެއްވަމުން ނާޒިމް ކޮމިޓީގައި ވިދާޅުވި އެވެ.

ނާޒިމްގެ މި ހުށަހެޅުއްވުން ހިމެނޭހެން ބަޖެޓަށް ހުށަހެޅުއްވި ނުވަ ރެކޮމެންޑޭޝަން ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 18 މެންބަރުންގެ އިއްތިފާގުންނެވެ.

މަޝްރޫއުތަކުގެ ތަފުސީލުތައް އަންނަ އަހަަރުގެ ތެރޭގައި މަޖިލީހާ ހިއްސާކުރުމަށް ސަރުކާރަށް ޝަަރުތުކުރަން ކޮމިޓީން ނިންމިއިރު، މި އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގައި މި ތަފުސީލުތައް ނެތުމަކީ ބަޖެޓާ މެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީ ހިންގަން އޮތީ 12.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ހަރަދުގެ ބޮޑު ބަޔެއް ކުރަނީ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމުގެ ދާއިރާގެ ކަންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނދަރުތަކާއި ވައިގެ ބަނދަރުތަކާއި ބްރިޖު އެޅުމުގެ އިތުރުން ދަތުރުފަތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox