ވޯޓާ ޕާކެއް އަޅަން ދިން ކުންފުންޏާ ދެކޮޅަށް އެޗްޑީސީން ހުށަހެޅި މައްސަލަތައް ނަގައިފި

ހުޅުމާލޭގައި ވޯޓާ ފްރަންޓު އަޅަން ދޫކޮށްފައިވާ ސަރަހައްދު: މިއީ އެއް ބަޔަކަށް ހުޅުމާލެއިން ދޫކޮށްފައިވާ އެންމެ ބޮޑު ސަރަހައްދު -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭގައި ވޯޓާ ފްރަންޓު އަޅަން ދޫކޮށްފައިވާ ސަރަހައްދު: މިއީ އެއް ބަޔަކަށް ހުޅުމާލެއިން ދޫކޮށްފައިވާ އެންމެ ބޮޑު ސަރަހައްދު -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭގައި ވޯޓާ ޕާކެއް އަޅަން ހަވާލުކުރި ވޯޓާ ފްރަންޓު ހޮޓެލް އެންޑް ލެޝާ ކުންފުންޏާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް، އެ ކުންފުނިން އެދިގެން ބާތިލުކޮށްފި އެވެ.

ވޯޓާ ފްރަންޓު ކުންފުންޏާ ދެކޮޅަށް އެޗްޑީސީން ދެ މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެއީ ވޯޓާ ޕާކު މަޝްރޫއު ނިންމަން ކަނޑައެޅިފައިވާ މުއްދަތަށް އެޗްޑީސީއަށް ހުށަހަަޅަން ޖެހޭ ޕާފޯމަންސް ސެކިއުރިޓީއަށްވާ ފައިސާއާ ގުޅޭ މައްސަލައަކާއި އެ މަޝްރޫއަށް ވޯޓާ ފްރަންޓާ ހަވާލުކޮށްފައިވާ ދެ ބިމުގެ ކުއްޔާ ގުޅޭ މައްސަލައެކެވެ.

މި ދެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެޗްޑީސީން ވަނީ އޮގަސްޓު 22، 2022 ގައި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެ ކުންފުނިން މި މައްސަލަތައް އަނބުރާ ގެނައީ ޕާފޯމަންސް ގެރެންޓީއަށްވާ ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ހުށަހަޅަން ބޭނުންވާތީ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ. އަދި ދައުވާ އަނބުރާ ގެންނަން އެދެނީ އަލުން ދައުވާކުރުމުގެ ހައްގު އޮންނާނޭހެން ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައި ވެ އެވެ.

ކޯޓުން ވަނީ ދައުވާތައް އަނބުރާ ގެންދިޔުމާ މެދު ވޯޓާ ފްރަންޓުން ދެކޭ ގޮތް އޮޅުން ފިލުވުމަށް ފަހު، އެ ކުންފުނިން އިއުތިރާޒު ނުކުރާތީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ފޯމުތައް ބާތިލުކޮށްފަ އެވެ.

ހުޅުމާލޭގައި ވޯޓާ ޕާކެއް ހަދަން ވެވުނު އެއްބަސްވުމާ ގުޅިގެން މީގެ ކުރިން ވެސް ކޯޓުގައި މައްސަލަތަކެއް ހިނގާފައި ވެ އެވެ. އެއީ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ކޯޓުގައި ހިނގައިދިޔަ މައްސަލަތަކެކެވެ.

އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ނިންމީ އެޗްޑީސީ ކޮޅަށެވެ. ނަމަވެސް ވޯޓާ ފްރަންޓު ކުންފުނިން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ދަށު ކޯޓުގެ ނިންމުން ބާތިލުކުރި އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓާފަ އެވެ.

ވޯޓާ ޕާކަކާއި ހޮޓަލެއް ތަރައްގީކުރަން، ވޯޓާ ފްރަންޓާ ހުޅުމާލޭގެ ބޮޑު ދެ ބިން ހަވާލުކުރީ 2017 ގަ އެވެ. އެއީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެ ކުންފުނިން އެ ތަނުގައި ބައެއް އިމާރާތްތައް އަޅާފައި ވެ އެވެ. ނަމަވެސް ކޮވިޑުގެ ދުވަސްކޮޅެއް ކުރިން މަސައްކަތް ހުއްޓުނު ފަހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެޗްޑީސީން މި ފަހުން އިއުލާންކުރި "ޓްރާންސްފޯމް ޓުމޯރޯ" ޕްލޭންގެ ދަށުން މި ސަރަހައްދުގައި ދެން ވެސް ތަރައްގީކުރަނީ ވޯޓާ ޕާކެކެވެ. އެކަމަކު އަދި އެއްވެސް ކުންފުންޏަކާ އެ މަސައްކަތް ކުރަން ހަވާލުކުރި ކަމެއް ސާފެއް ނޫނެވެ،

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox