ޕަލްސް ކުންފުނީގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ އާއި ސާވިސް ޗާޖު ދޭން ޖެހިދާނެ ކަމަށް އަންގައިފި

ޕަލްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީލް: އަންނަ ބަދަލުތަކާ އެކީ ޑޮލަރު ތާށިވާނެ ކަމަށް ޕަލްސް ކުންފުނިން ބުނޭ -- ފޮޓޯ: އަދަދު

ޕަލްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީލް: އަންނަ ބަދަލުތަކާ އެކީ ޑޮލަރު ތާށިވާނެ ކަމަށް ޕަލްސް ކުންފުނިން ބުނޭ -- ފޮޓޯ: އަދަދު

އަންނަ ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މުސާރަ އާއި ސާވިސް ޗާޖު ދެވޭނީ ދިވެހި ރުފިޔާއިން ކަމަށް ޕަލްސް ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.

ޕަލްސް ކުންފުނީގެ ހިއްސާދާރުންނަކީ ޔުނިވާސަލް ރިސޯޓްސް ބައެއް ހިއްސާދާރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލެވެ. އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކަނޑިންމަ އާއި އޯރާ ރިސޯޓާއި ނޯވާ ރިސޯޓު ހިމެނެ އެވެ.

ޕަލްސް ކުންފުނީގެ ޗެއާމަން ސަންޖޭ މަނިކު ސޮއިކޮށް އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގެ ކޮޕީ "އަދަދު" އަށް ލިބިފައިވާއިރު، އޭގައި މައިގަނޑު ގޮތެއްގައި އޮތީ އެމްއެމްއޭއިން މިހާރު އޮތް އުސޫލު ބަދަލުނުކޮށްފި ނަމަ ޑޮލަރު ތާށިވެ، މުސާރަ އާއި ސާވިސް ޗާޖު ޑޮލަރުން ނުދެވޭނެ ކަމަށެވެ.

"މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދަކީ މުޅި ޖުމްލަ އާމްދަނީގެ 30 ޕަސެންޓާއި 60 ޕަސެންޓާ ދޭތެރޭގެ އަދަދެއް. ޑޮލަރުން ބަލާ ކަމުގައި ވަނީ ނަމަ މިއާ ގުޅިގެން ރިސޯޓުގެ އޮޕަރޭޝަނަށް ގޮންޖެހުންތަކާ ކުރިމަތިވާނެ،" އެ މެމޯގައި ވެ އެވެ.

ޑޮލަރު މާރުކުރަން ޖެހުމުގެ އިތުރުން، އެއާޕޯޓު ޓެކްސްތަކާއި ގްރީން ޓެކްސް ބޮޑުކުރުމުން އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމަށް ޕަލްސް ކުންފުނިން މުވައްޒަފުންނާ ހިއްސާކޮށްފައި ވެ އެވެ.

އެ ގޮތުން ރާއްޖެއަށް ހަފުތާއަކަށް ޗުއްޓީ ހޭދަކުރަން އަންނަ ހަތަރު މީހުންގެ އާއިލާއެއްގެ މިސާލު ދެމުން މެމޯގައި ބުނީ، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ނަމަ 360 ޑޮލަރު އަދި ބިޒްނަން ކްލާހުން ނަމަ 700 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

މި ބަދަލާ ގުޅިގެން އެ ކުންފުންޏާ އެކީ މަސައްކަތް ކުރާ ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ނުރުހުންވެ، މިއަށް ވުރެ އަގު ހެޔޮ މަންޒިލުތައް އިހުތިޔާރުކޮށް ރާއްޖެއަށް ޑިމާންޑަށް އަސަރުކުރާނެ ކަމަށް ބުނެފައިވާ ކަމަށް ޕަލްސް ކުންފުނިން ފާހަގަކުރި އެވެ.

އެހެން ކަމުން، ޑިމާންޑު ހިފެހެއްޓުމުގެ ގޮތުން އަގު އިތުރު ވުމުގެ ބުރަ ނަގައި، ރޫމް ރޭޓުތަކަށް ބަދަލެއް ނާންނަ ގޮތަށް ބަދަލުތައް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ވެސް ޕަލްސް ކުންފުނިން މުވައްޒަފުން ގާތު ބުނެފައި ވެ އެވެ.

ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާ ގުޅިގެން އެހެން ކުންފުންޏަކުން އަދި މިފަދަ ނިންމުމެއް ނިންމިކަން އެނގެން ނެތް ނަމަވެސް، އެހެން ކުންފުނިތަކުން އެމްއެމްއޭއަށް ފޮނުވި ސިޓީތަކުގައި ވެސް މި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox