މެޗަކުން ބަލިނުވެ މާޒިޔާ އިން މި ފަހަރު ވެސް ލީގު އައްޑަނަ އުފުލާލައިފި

Feb 6, 2026, 6:39 PM
މާޒިޔާ އިން ލީގު ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މާޒިޔާ އިން ލީގު ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލިގުގައި މިރޭ ކުޅުނު މެޗުން އޮޑި ސްޕޯޓްސް ކްލަބް 1-0 އިން ބަލިވެ، މާޒިޔާ ސްޕޯޓްސް އެންްޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި މެޗަކުން ބަލިނުވެ ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ފަަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. ބާކީ ދެ މެޗު އޮއްވައި، މާޒިޔާ އިން މި ފަހަރު ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން މި ވަނީ ކްލަބް ތާރީހުގައި ތިން ވަނަ ފަހަރަށް މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޒިޔާ އިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ގަ އެވެ. އަދި، ބަލިނުވެ ލީގު ކާމިޔާބުކުރި އަހަރުތަކަކީ، 2020-21 ސީޒަނާއި 2023 ވަނަ އަހަރުގެ ލީގުގެ އިތުރުން މި ފަހަރެވެ.

މުޅިން އަލަށް ފުރަތަމަ ޑިިވިޝަނުގައި ވާދަކުރި އޮޑިން މި ފަހަރުގެ ލީގުގެ ދެ ވަނަ ހޯދިއިރު، މިރޭ އެ ޓީމު ބަލިކުރަން މާޒިޔާގެ ގޯލު ޖެހީ ފުރަތަމަ ހާފުގައި އެ ޓީމުގެ ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ އެވެ. މިއީ، މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

Advertisement

އޮޑިން މެޗުގައި ނަތީޖާ ހަމަހަމަކުރެވޭތޯ ރަނގަޅު އެޓޭކްތަކެއް ކުރިއިރު، އެ ޓީމުގެ މުހައްމަދު ސާމިރު ހިލޭޖެހުމަކުން ފޮނުވާލި ބާރު ބޯޅައެއް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) މަތަކުރި އެވެ. އޭގެ އިތުރުން ވެސް އޮޑީގެ އެޓޭކްތައް ހުއްޓުވުމުގައި ކީޕަރު ހުސެއިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. އަދި، ލީގުގެ ގަދަ ހަތަރަކަށް ޕްރެޒިޑެންޓްސް ކަޕްގެ ސީދާ ޖާގަ ލިބޭއިރު، އަނެއް ދެ ޖާގަ އަށް ވާދަކުރާނީ ލީގުގެ 5-8 އަށް ނިންމި ޓީމުތަކެވެ.

މާޒިޔާ އިން 48 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު، ދެ ވަނަ ލިބުނު އޮޑި އަށް ވަނީ 18 މެޗުން 39 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ނިއު ރޭޑިއަންޓަށް 37 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި ނިންމި ބުރު އަށް 29 ޕޮއިންޓް އަދި ފަސް ވަނައިގައި ނިންމި އީގަލްސް އަށް 23 ޕޮއިންޓް ލިބުނެވެ. ހަ ވަނަ އަށް ދިޔަ ވިކްޓަރީ އާއި ހަތް ވަނައިގައި ނިންމި ޓީސީ އަށް 21 ޕޮއިންޓް ލިބުނުއިރު، އަށް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ނުވަ ވަނައިގައި އޮތް ވެލެންސިއާގެ 12 ޕޮއިންޓް އެބައޮތެެވެ. އަދި، ފުލަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް 11 ޕޮއިންޓް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox