ބުރު އާއި އޮޑި އެއްވަރު، މާޒިޔާ އަށް ޗެމްޕިއަންކަން ޔަގީންވެއްޖެ

Jan 28, 2026, 2:32 PM
ބުރު އާއި އޮޑި އެއްވަރު، މާޒިޔާ އަށް ޗެމްޕިއަންކަން ޔަގީންވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން، ލީގުގެ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބް ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލީގު ޗެމްޕިއަންކަން ޔަގީންވެއްޖެ އެވެ.

މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލީގު ނެގީ 2016 ވަނަ އަހަރު އެވެ.

ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ އަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، އޮޑިން މިއަދު ބުރުއާ އެއްވަރުވުމުން، 17 މެޗުން ހަމަކުރެވުނީ 39 ޕޮއިންޓެވެ. މާނަ އަކީ ބާކީ އޮތް މެޗުން މޮޅުވެގެން ވެސް މާޒިޔާއާ ހަމަނުކުރެވުމެވެ. މިއާ އެކު، ލީގުގައި، މިރޭ މާޒިޔާ އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ވެސް ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނިއުގެ ކޯޗަކަށް ހުރީ މާޒިޔާ އަށް އެންމެ ފުރަތަމަ ލީގު ކާމިޔާބު ކޮށްދިން ކޯޗު އަލީ ސުޒޭން އެވެ.

Advertisement

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރުން އަށް ވަަނަ މިނިޓްގައި ލީޑުނެގީ އެ ޓީމުގެ ޝަމްވީލް މުހައްމަދު (ބޮންޑާ) ޖެހި ގޯލުންނެވެ. ބުރުގެ އަލީ ހަމްދާން ނެގި ކޯނަރަކުން އޮޑީގެ ކުޅުންތެރިންނަށް ޑިފެންސް ނުކުރެވިގެން ލިބުނު ފުރުސަތުގައި ކުޑަ އޭރިއާތެރެއިން ޝަމްވީލް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އޮޑިން އެއްވަރުކުރީ މެޗުގެ 57 ވަނަ މިނިޓްގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް ބްރައުން ޖެހި ގޯލުންނެވެ. އެ ޓީމުގެ މުޒްދާން ހަސަން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދިން ބޯޅަ ބްރައުން ވަނީ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ބުރުން ލީގުގެ ހަތަރެއްގައި އޮތީ 37 މެޗުން 29 ޕޮއިންޓާ އެކު އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox