ވެލެންސިއާ ބަލިކޮށް މާޒިޔާ ކުރިއަށް

Dec 25, 2025, 6:31 PM
މާޒިޔާ އަށް މިރޭގެ މެޗުގައި ދެ ގޯލު ޖަހައިދިން ހަމްޕު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާޒިޔާ އަށް މިރޭގެ މެޗުގައި ދެ ގޯލު ޖަހައިދިން ހަމްޕު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ވެލެންސިއާ އަތުން 3-0 އިން ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއް ވަނައިގައި ކުރިއަށް ދިއުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ލީގުގައި ފުރަތަމަ ކުޅުނު 10 މެޗުން މޮޅުވި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ފަހު ވަގުތު ވަނީ ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވެފަ އެވެ. އެކަމަކު، ވެލެންސިއާ އަތުން މިރޭ ހޯދި މޮޅާ އެކު، މާޒިޔާ އެއް ވަނައިގައި އޮތީ 12 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ 11 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު މާޒިޔާގެ އިބްރާހިމް އައިސަމް ހުރީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ އެކު ސަސްޕެންޝަނެއްގަ އެވެ.

މާޒިޔާ އިން މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނެގީ ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ގޯލުންނެވެ. މާޒިޔާގެ މުހައްމަދު އިލާން އިމްރާން މެދުތެރެއިން ހިފައިގެން އައި ބޯޅަ އޭރިއާތެރެއަށް ޖަައްސާލި ވަގުތު ރަނގަޅު ތަނަށް އަރައި، ޗޯޓު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ޖެހި ޗޯޓު (ކ) އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އިލާންއާ އެކު: މާޒިޔާ އިން މި މެޗުގައި ޖެހި ތިން ގޯލަށް ވެސް ފުރުސަތު ހޯދައިދިނީ އިލާން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މެޗުގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައިދީ އެ ޓީމަށް ލީޑުފުޅާކޮށްދިނީ، 32 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މި ލަނޑު ގައި ވެސް ކުރިން ވެލެންސިއާ އަށް ކުޅުނު އިލާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އިލާން ދިން ބޯޅަ ހަމްޕު ވަނީ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލައިފަ އެވެ.

މާޒިޔާ އިން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖެހީ 80 ވަނަ މިނިޓްގައި ހަމްޕު އެވެ. މިއީ ވެސް 16 އަަހަރުގެ ފޯވާޑް އިލާންގެ ދައުރާ އެކު ހަމްޕު ޖެހި ގޯލެކެވެ. މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ދިން ބޯޅައެއް އިލާން ވަނީ އޭރިއާރެެއަށް ދުވެފައި އައި ހަމްޕު އަށް ދީފަ އެވެ. ހަމްޕު ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވެލެންސިއާ އިން 12 މެޗުން ހަތް ޕޮއިންޓާ އެކު އޮތީ ލީގު ތާވަލުގެ އެންމެ ފުލުގަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox