ވީއައިއޭގެ އާ ޓާމިނަލަށް، ބޮޑެތި ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަން ބަދަލުކޮށް ބައި މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ޖުލައި މަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ޖުލައި މަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ހުރިހާ ބޮޑެތި އެއާލައިންތަކެއްގެ އޮޕަރޭޝަން ބަދަލުކޮށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓުގެ އާ ޓާމިނަލުން ޖުމުލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ބޭރަށް ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އައި 255،668 ފަސިންޖަރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައި ހުޅުވި އާ ޓާމިނަލަށް މިހައިތަނަށް 38 އެއާލައިނެއްގެ އޮޕަރޭޝަން ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރުދުވަސް ކުރިން، މެއި 22، 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން ވެރިކަމަށް އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ.

އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ. އާ ޓާމިނަލުގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގައި ހުންނަ ޕެސެންޖާ ބޯޑިން ބްރިޖުތަކެވެ. އާ ޓާމިނަލުގައި ޖުމުލަ 12 ޕެސެންޖާ ބޯޑިން ބްރިޖު ހުރެ އެވެ.

އޭގެއިތުރުން އެއާޕޯޓުގެ އާ ޓާމިނަލުގައި ހުންނަ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ވެސް ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފެށި ސިސްޓަމެކެވެ. އާ ޓާމިނަލުގައި ބޭނުންކުރާ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ފަސިންޖަރުންގެ ކްލާސްތައް ވަކިކޮށް ތަފާތު އެކި ފްލައިޓުތަކުގެ ބެގެޖުތައް އަމިއްލައަށް ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox