ޗައިނާއަށް ދަތުރުކުރި މޯލްޑިވިއަން ބޯޓެއްގެ އިންޖީނު މައްސަލައެއް ޖެހިގެން ޑާކާއަށް ޖައްސައިފި

މޯލްޑިވިއަންއަށް މި އަހަރު ގެނައި ވައިޑް ބޮޑީ އެއާކްރާފްޓު ހުޅުލެއަށް ޖައްސަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މޯލްޑިވިއަންއަށް މި އަހަރު ގެނައި ވައިޑް ބޮޑީ އެއާކްރާފްޓު ހުޅުލެއަށް ޖައްސަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދިވެހިރާއްޖެއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެ ބޯޓު ޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުގައި ދަތުރުކުރި ހުރިހާ ފަތުރުވެރިން މި ވަގުތު ތިބީ ޑާކާގެ ހޮޓާތަކުގަ އެވެ. ނަމަވެސް މޯލްޑިވިއަންގެ ބަހެއް މިކަމާ ގުޅިގެން އަދި ނުލިބޭތީ އެ ބޯޓުގައި ދަތުރުކުރީ ކިތައް ފަސިންޖަރުން ކަމެއް އަދި ސާފެއް ނުވެ އެވެ.

މައްސަލަ ދިމާވީ މޯލްޑިވިއަންއަށް މި އަހަރު އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަށެވެ. އެ ބޯޓު ދަތުރު ކުރަމުންދިޔައީ ޗައިނާގެ ޗެންޑޫއަށެވެ. ބޯޓަށް ދިމާވީ ކޮން މައްސަލައެއްކަމެއް އަދި ނޭނގެ އެވެ.

ފްލައިޓުތަކުގެ މައުލޫމާތު ފެންނަން ހުންނަ ފްލައިޓް ރޭޑާއިން އެނގޭ ގޮތުގައި އެ ބޯޓު އަދިވެސް އޮތީ ބަންގްލަދޭޝްގެ ޑާކާ އެއާޕޯޓުގަ އެވެ.

މައްސަލަ ދިމާވި ބޯޓަކީ މޯލްޑިވިއަންއިން ގެނައި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓެވެ. އެ ބޯޓަކީ ޖުމްލަ 264 ސީޓު ހިމެނޭ އެއާބަސް 330-200 މަރުކާގެ ބޯޓެކެވެ. ރާއްޖެއަށް އެ ބޯޓު ގެނައުމަށްފަހު ފުރަތަމަ ދަތުރު ކުރީ ވެސް ޗައިނާގެ ޗެންޑޫއަށެވެ.

މޯލްޑިވިއަނުން މި އަހަރުގެ ޖެނުއަރީ 6، ގައި ރާއްޖެއަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަކީ 2010 ވަނަ އަހަރު ހިދުމަތަށް ނެރި ފާއިތުވި 14 އަހަރު ވެސް ބޭނުން ކޮށްފައިވާ ބޯޓެކެވެ. އެ ބޯޓު މޯލްޑިވިއަންއިން ގެނައީ ކުއްޔަށެވެ. މޯލްޑިވިއަންއިން މި މަތިންދާ ބޯޓު ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކީ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މޯލްޑިވިއަންއިން ކުއްޔަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަކީ 2010 ވަނަ ހިދުމަތަށް ނެރެ ނެދަލެންޑްސްގެ ގައުމީ އެއާލައިން، ކޭއެލްއެމް ރޯޔަލް ޑަޗް އެއާލައިންސް އިން ބޭނުން ކުރަން ފެށި ބޯޓެކެވެ. އެ ކުންފުނިން އެ ބޯޓު ބޭނުން ކުރީ ޕީއެޗް-އޭއޯއެމް ކޯޑުގަ އެވެ.

އެއަށްފަހު ދެން އެ ބޯޓު ބޭނުން ކުރީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ، ސުރިނާމްގެ ގައުމީ އެއާލައިން، ސުރިނާމް އެއާވޭސްއިންނެވެ. އެ އެއާލައިނުން އެ ބޯޓު ބޭނުން ކުރީ 9އެޗް-ޕީއޭއެކްސް ކޯޑުގަ އެވެ.

ސުރިނާމް އެއާވޭސްއިން އެ ބޯޓު ބޭނުން ކުރީ ސެޕްޓެމްބަރު، 2022 އިން ޖެނުއަރީ، 2023 ގެ ނިިޔަލަށެވެ. ސުރިނާމް އެއާވޭސްގެ ދިދައިގައި އެ ބޯޓު އެންމެ ފަހުން ދަތުރު ކުރި ކަމަށް ރެކޯޑުތަކުން ފެންނާން އޮތީ ޖެނުއަރީ، 7، 2023 އެވެ.

މޯލްޑިވިއަނަށް އެ ބޯޓު ގެނައީ އެ ދުވަހުން ފެށިގެން ސްޓޯ ކޮށްފައި ބޭއްވުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox