މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ބުނަނީ ފުލުހުންގެ ހުވާ ނުކުރާ ކަމަށް

Aug 9, 2025, 3:05 PM
ހައި ކޯޓުގެ ޝަރީއަތުގެ މަޖިލިސް:

ހައި ކޯޓުގެ ޝަރީއަތުގެ މަޖިލިސް:

މަސްތުވާތަކެތި ގެންގުޅު ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހަކު، ފުލުހުންގެ ވަޒީފާ އަދާ ކުރީ ހުވާ ކުރާ ރަސްމިއްޔާތަށް ހާޒިރު މަކަރުން ހުވާނުކޮށް ކަމަށް ބުނެފި އެވެ.

ޖުލައި 11، ގައި ފުލުހުން އަހުމަދު ސާޖިދު ހައްޔަރު ކުރީ އޭނާ ދިރިއުޅު ގެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނުމުންނެވެ. އޭނާގެ ގެ ބަލައި ފާސް ކުރީ ވޭޕު ވިއްކާ ކަމަށް ތުހުމަތު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. މަސްތުވާތަކެތި ފެނުނީ ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ.

ފުލުހުން ހުވާ ނުކުރާ ކަމަށް އަހުމަދު ސާޖިދު ބުނީ އޭނާ ބަންދުން ދޫކޮށްލަން ގދ. ތިނަދޫ ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

"އާދެ ކޮންސްޓަބިއުލަރީގެ ހުވާގެ ރަސްމިއްޔާތު އޮތް އެތަނަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު އަޅުގަނޑު ހުވައެއް ނުކުރަން، އަޅުގަނޑު ހުރީ އެތަނުގަ،" އޭނާ ބުންޏެވެ.

ސާޖިދު ބަންދު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ނިންމީ، ވޭޕު ގެންގުޅުމަކީ ޖިނާއީ ކުށަކަށް ނުވެފައި، އެފަދަ އެއްޗެއް ހޯދަން ޖިނާއީ އަމުރެއް ނުނެރެވޭނެ ކަމަށް ކަނޑައެޅުމަށްފަހު އެވެ. ދަށު ކޯޓުން ބުނަނީ ސާޖިދުގެ ގެ ބަލައި ފާސް ކުރަން ފުރަތަމަ ހޯދި އަމުރަކީ ބާތިލު އަމުރެއް ކަމުން، އެ އަމުރުގެ ދަށުން ހޯދި ހެކި ގަރީނާ ސައްހަ ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.

އެކަމަކު، ދައުލަތުގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ، ސާޖިދަކީ ފުލުހެއް ކަމުން، ގާނޫނު ނެގެހެއްޓުމުގެ ޒިންމާއެއް އޮތް މީހަކު ވޭޕު ހިމެނޭ ގޮތަށް މަނާ ތަކެތި ވިއްކުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި، ވޭޕުގެ މައްސަލައެއްގައި ވެސް ބަލައި ފާސް ކުރުމުގެ ޖިނާއީ އަމުރެއް ނެރެވިދާނެ ކަމަށް ދައުލަތުން ބުނެ އެވެ.

އޭނާއަކީ ފުލުހުންގެ ހުވާކޮށްގެން ހުރި މީހެއް ނޫން ކަމަށް ދައްކަން ސާޖިދު ކޯޓުގައި މަސައްކަތް ކުރީ އެހެންވެ ކަމަށް ބެލެވެ އެވެ. އެކަމަކު، ފަނޑިޔާރުން ވަނީ އެ މައްސަލައިގައި ސާޖިދާއި ސާޖިދުގެ ވަކީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ވަކީލު އެބަ އުއްމީދު ކުރަންތޯ އަޅުގަނޑުމެން ކިބައިން އޭނާ ހަދަނީ ތެދުކަން ގަބޫލު ކުރަން؟،" ހުވާ ނުކުރާ ކަމަށް ބުނެ ސާޖިދު ދެއްކި ވާހަކައަށްފަހު ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު އެ މައްސަލައިގެ އަޑުއެހުން ނިންމާލީ ދެން އަޑުއެހުމެއް ބާއްވާ ދުވަހަކު މައްސަލަ ނިންމާނެ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox