ޝަމްއާން ވަކިކުރުމުގެ މަސައްކަތް ފެށީ އޭނާ އަތުގައި އިހުސާންގެ ވީޑިއޯއެއް އޮތްކަން އެނގިގެން: ޝަމްއާންގެ އާއިލާ

ހޯމް މިނިސްޓަރު، އަލީ އިހުސާން؛ އޭނާއަކީ އިމިގްރޭޝަން އާއި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި ޕްރިޒަންސް ވެސް ބަލަހައްޓަވާ މިނިސްޓަރު -- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު، އަލީ އިހުސާން؛ އޭނާއަކީ އިމިގްރޭޝަން އާއި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި ޕްރިޒަންސް ވެސް ބަލަހައްޓަވާ މިނިސްޓަރު -- ފޮޓޯ: ހޯމް މިނިސްޓްރީ

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު ހައްޔަރުކުރުމުގެ މަސައްކަތް ފެށީ ހޯމް މިނިސްޓަރު، އަލީ އިހުސާންގެ ވީޑިއޯއެއް ޝަމްއާންގެ އަތުގައި އޮތް ކަމުގެ މައުލޫމާތު އިހުސާންއަށް ލިބުމުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފި އެވެ.

ޝަމްއާންގެ އާއިލާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ހައްޔަރު ކުރީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނާ ހިއްސާ ކުރާނެ ކަމުގެ ބިރަށް އެ މައްސަލަތަކަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ.

"ޝަމްއާން ވަޒީފާއިން ދުރުކޮށް ޝަމްއާން ބަންދުކުރެވޭނެ ގޮތެއް ހޯދަން މިނިސްޓަރު އިހުސާން މަސައްކަތްކުރަން ފެށި އިތުރު ސަބަބަކީ ޝަމްއާންގެ އަތުގައި މިނިސްޓަރު އިހުސާންގެ "ވީޑިއޯއެއް" އޮތްކަމުގެ މަޢުލޫމާތު މިނިސްޓަރު އިޙުސާންއަށް އެކިގޮތްގޮތުން ލިބުނު ހިސާބުން ކަމަށް މައުލޫމާތު ލިބިފައިވޭ،" ޝަމްއާންގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކި ކުރީ އިހުސާންއާ ގާތް ގުޅުމެއް އޮންނަ ބިދޭސީއެއް ހައްޔަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި ކަމަށް ވެސް ޝަމްއާންގެ އާއިލާއިން ބުންޏެވެ. އެ ބިދޭސީ މީހާއަކީ ހޯމް މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންގެ މުއާމަލާތްތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ވެސް ޝަމްއާންގެ އާއިލާއިން ތުހުމަތު ކޮށްފައިވެ އެވެ.

"މި ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދަށް ގެނެވުމުން މިނިސްޓަރު އިހުސާން ޝަމްއާންއަށް ގުޅައި، އެ ބިދޭސީ މީހާގެ ފޯނު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ފުލުހަކާ ހަވާލު ކުރުމަށް އަންގާފައިވޭ، އެހެންނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުން ކަމަށް ޝަމްއާން ދެންނެވުމުން، އަޑުގަދަކޮށް ހަޅޭލެވުމަށްފަހު [އިހުސާން] ފޯނު ބޭއްވި،" ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތަކެއް ވުޖޫދުކޮށްގެން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ. އަދި އެކަން ކޮށްފައި ވަނީ އިހުސާން ޝަމްއާންއަށް އޮތް ޒާތީ އަދި ސިޔާސީ ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހަށް އެންމެ ފަހުން މިނިސްޓަރު އިހުސާން ހާޒިރުކޮށް ޝަމްއާންގެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން "އެމީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން" މިފަދައިން ބުނެ ނުސީދާކޮށް ޝަމްއާންއަށް ނިސްބަތްކޮށް ބަދު ބަހުން މިނިސްޓަރު ވާހަކަ ދެއްކުމަކީ ވެސް ޝަމްއާންއާ ދޭތެރޭގައި މިނިސްޓަރު އިހުސާންގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން މުޅި ދިވެހިރާއްޖެއަށް ހާމަވެގެންދިޔަ ކަމެއް،" ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ޝަމްއާންގެ އާއިލާއިން ވަނީ މި ނޫން ދުވަހެއް ވެސް އަންނާނެކަން ކަމާބެހޭ އިދާރާތަކަށް ހަނދާން ކޮށްދޭ ކަމަށް ބުނެފަ އެވެ. އަދި ޝަމްއާންއާ ދޭތެރޭގައި ކިތަންމެ ނާއިންސާފުން އަމަލު ކުރި ނަމަވެސް ދައުލަތަށް ހިޔާނާތްތެރިވާ މީހުން ބޭޒާރުވާނެ ކަމަށް ޝަމްއާންގެ އާއިލާއިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

"ޝަމްއާން ޖަލުގައި ބަންދުކުރެވިދާނެ، އަދި އޭނާއަށް އާންމުންގެ ކުރިމަތީގައި ދިފާއުވުމަށް ބަސް ބުނެވޭނެ ގޮތް މަނާކުރުމަށް މުޖުތަމައުއިން އެކަހެރި ކޮށްލެވިދާނެ، އަދި އޭނާއަށް އަނިޔާ ވެސް ކުރެވިދާނެ، އޭނާ މަރާ ވެސް ލެވިދާނެ، އެހެންނަމަވެސް، ދިވެހި ދައުލަތަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކުން ހިންގަމުން ގެންދާ އަމަލުތައް ފަޅާ އަރައި ބޭޒާރުވާނެ،" ޝަމްއާންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

"ކާއިނާތު އެ މައްޗަށް ތަރުތީބުވެފައިވާ ގޮތުގެ މަތީން ވަގުތު ޖެހުމާއެކު ކަންކަން ހާމަވެ ހަގީގަތް ތިލަވެ ފެންމަތިވާނެ، އަބަދަކު ދޮގާއި މަކަރާއި ހިޔާނާތެއް ގަދައެއް ނުވާނެ،"

ޝަމްއާންގެ އާއިލާއިން މިރޭ ނޫސްބަޔާނެއް ނެރެފައި މިވަނީ ޝަމްއާންގެ މައްސަލައިގައި ފުލުހުން ހިންގަމުން ގެންދާ ތަހުގީގުގެ އަދާހަމަ މާދަމާ ހިއްސާ ކުރާނެ ކަމަށް މިނިސްޓަރު އިހުސާން މިއަދު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކާ ވެސް ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox