އަލިފާނުގެ ހާދިސާގެ ތަހުގީގަށް އެހީތެރިވަނީ އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވަނީ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވަނީ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތިން މިނިސްޓްރީއެއް ހުންނަ އިމާރާތްތައް އަނދައި އަޅިއަށްވި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފަންނީ އެހީތެރިކަން ދެނީ އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ސުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ ޓީމު މެދުވެރިކޮށް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝުޖާއު ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވޭ ތަހުގީގުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާގެ ޓީމު މިއަދު އައި އިރު އަލިފާން ރޯވި ދެ އިމާރާތާއި އެ ސަރަހައްދުގެ ބޮޑު ބަޔެއް މިހާރު ވަނީ ސާފުކޮށްފަ އެވެ. ތަހުގީގު ނުނިމެނީސް ތަން ސާފުކުރަން ފެށުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައި ވެސް ވެ އެވެ.

މި މަހު 12، ގެ ހެދުނު އެންމެ ފުރަތަމަ އަލިފާން ރޯވި ކަމަށް ފުލުހުން ބުނީ އެންވަޔަރަމަންޓު މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގަ އެވެ. ނަމަވެސް އާންމުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ އަނެއް ދެ މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގަ އެވެ.

މި ތަހުގީގަށް އަލިފާން ރޯވި ސަބަބު އަދި ނުހޯދޭ ކަމަށާއި، އެކަން ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަންތަނުގެ ފޮރެންސިކް ތަހުލީލުތައް ކުރަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވެ އެވެ. ނަމަވެސް ކްލައުޑުގައި ރައްކާކޮށްފައި ހުރި މައުލޫމާތު ފިޔަވައި، ތިން މިނިސްޓްރީ އާއި އީޕީއޭގައި ހުރި ހުރިހާ މައުލޫމާތެއް ކަހަލަ ގޮތަކަށް ވަނީ އަޅިޔަށް ވެފަ އެވެ.

އެ މިނިސްޓްރީތަކުގެ މަސައްކަތް މިހާރު ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox