ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފަސް މަސް ކުރިން ރައީސްގެ ސަމާލުކަމަށް ގެނައި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: ޕީސީބީން ވަނީ މި މައްސަލަތައް ތިލަވީ ފަހުން އޮފީހަށް ނުނިކުމެވޭ ގޮތަށް ފަޒުލް ސަސްޕެންޑުކޮށްފައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: ޕީސީބީން ވަނީ މި މައްސަލަތައް ތިލަވީ ފަހުން އޮފީހަށް ނުނިކުމެވޭ ގޮތަށް ފަޒުލް ސަސްޕެންޑުކޮށްފައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރެއްވުމާއެކު، އުސޫލުތަކާ ހިލާފަށް، އަދި ހިޔާނަތަށް ތުހުމަތު ކުރެވޭ ގޮތަށް އޭނާ ހިންގަމުން ދިޔަ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް، ގެނެސްފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައީސް މުއިއްޒުގެ ސަމާލު ކަމަށް މިދިޔަ ޖުލައިގައި ގެނައީ އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރެވެ. އޭނާ ރައީސްއަށް ފޮނުއްވި ހަތް ސަފުހާގެ ސިޓީގައި ކުންފުނީގެ އެތެރޭގެ މައްސަލަތަކާއި، ހިޔާނާތުގެ މައްސަލަތަކާއި ވިޔަފާރިވެރިންގެ ޝަކުވާތައް ހިއްސާކޮށްފައިވެ އެވެ.

"އަދަދު" އަށް މި ސިޓީގެ ކޮޕީއެއް ލިބިފައިވެ އެވެ. އެ ސިޓީގައި ޒުހޫރު ވިދާޅުވީ، ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ އުސޫލުތައް ބަދަލުކޮށް ތިލަފުށިން ބިމެއް ބަދަލު ކުރި ވާހަކާ އާއި ފަޒުލްގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ބިމެއް ދިން ވާހަކަ އާއި ވިޔަފާރިވެރިންގެ ޝަކުވާ އެޗްޑީސީގެ މެނޭޖުމެންޓާ މެދު ގިނަވެފައިވާ ދުވަސްވަރެއްގައި ކަމަށް ވުމުން، އިސްކަމެއް ދެއްވީ އެ ކަންކަން ހައްލު ހޯދައިދޭން ކަމަށެވެ.

އެ ވާހަކަތައް ފަޒުލްއާ ހިއްސާކުރުމުން އޭނާ ރުޅި އިސްކުރައްވައި، ވިދާޅުވީ "ތިމަންނާ ކަންތައް ކުރާނެ ގޮތް އެނގޭނީ ތިމަންނާއަށް" ކަމަށް ވިދާޅުވި ކަމަށެވެ. އެކަމާއި ހިތްހަމަ ނުޖެހޭނަމަ ޗެއާމަންގެ މަގާމު ދޫކޮށްލުމަށް ފަޒުލް ވިދާޅުވި ކަމަށް ޒުހޫރު ފާހަގަ ކުރައްވާފައިވެ އެވެ.

ވިޔަފާރިވެރިންނަށް ތުރާލަކަށް، ހުރިހާ ތުހުމަތެއް ފަޒުލްއަށް

އެޗްޑީސީއިން ކަންތައްކުރާ ގޮތާމެދު ބޮޑެތި އެތައް ކުންފުންޏަކުން ހިތްހަމަ ނުޖެހިގެން އެ ވާހަކަ ދެއްކި ކަމަށާއި "އެންމެންގެ ވާހަކައިން ދޭހަވީ ފަޒުލް ރަޝީދުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން" ކަމަށް ޒުހޫރު ލިޔުއްވާފައިވެ އެވެ.

"އެކި ވަރު ވަރުން އެކި ފަރާތްތަކުން ފައިސާ ނަގަމުންދާ ވާހަކަ އަޑުއިވެ އެވެ. ވިނަރެސް ފްލެޓް ލިބެނީ ވެސް ފައިސާ ދޭ ފަރާތްތަކަށް ކަމަށް އަޑުއިވެ އެވެ. އެކި އަދަދުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އެޅުމުގެ ފުރުސަތު ދޭކަން ފާހަގަކުރަމެވެ. މީގެ އިތުރުން ފްލެޓް ދީފައި އަތުލާ ފަރާތްތަކުގެ ޝަކުވާ ވެސް ހަމަ އެހާމެގިނަ އެވެ. ތަކުރާރުކޮށް ވިޔަފާރިވެރިންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން އަޑުއިވެނ،ީ އެޗްޑީސީ އިން ކަމެއް ވަނީ ފައިސާ ދޭ މީހާއަށްކަން މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

ކުންފުނި ހިންގަން ޖެހެނީ ބޯޑުގެ ދަށުން ކަމަށް ވިޔަސް، އެކަށީގެންވާ މަޝްވަރާކޮށްގެން ކަންކަން ކުރަން ފަޒުލް ބޭނުން ނުވާ ކަމާއި ބޯޑަށް މައުލޫމާތު ނުދޭ ކަމަށް ވެސް ޒުހޫރުގެ ސިޓީގައިވެ އެވެ.

ފަޒުލް ބޭނުން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުން ހަމައެކަނި ހުށަހަޅާ އެއްޗަކަށް އާނ ބަސް ބުނަން ތިބޭ ބަޔަކަށް ހެދުމަށް ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ.

ފަޒުލްގެ ސީދާ މަސްލަހަތު ހިމެނޭ އެތައް ކަމެއް، ރިޝްވަތު ނެގިކަމުގެ ތުހުމަތު

ޒުހޫރުގެ ސިޓީގައި ފަޒުލްގެ މަސްލަހަތު ފުށޫއަރާ އެތައް މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް އެކަންކަން ބޯޑުން ނިންމާފައި ވަނީ މަސްލަހަތު ފުށުއަރާކަން ފާހަގަ ނުކޮށް ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ. އެ ކަންކަމަކީ:

  • ފަޒުލްގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދު ހާއްސަ އުސޫލަކުން ބިމެއް ވިއްކުން
  • އެ މުއާމަލާތް މަތިޖެހުމަށް އިތުރު ފަސް މީހަކަށް ހާއްސަ އުސޫލުން ބިން ވިއްކުން
  • އަމިއްލަ މަސްލަހަތު އޮތް ކުންފުނިތަކަކަށް ބިން ހަމަޖެއްސުން. ޒުހޫރު ވިދާޅުވާ ގޮތުން ފަޒުލުގެ މަސްލަހަތު އޮތް ކުންފުނިތަކަކީ މޯލްޑިވް އޮއިލް ކޮމްޕެނީ އާއި ހައިޕާލޫޕު. އެ ދެ ކުންފުންޏަށް ތިލަފުށިން ބޮޑެތި ބިންތަކެއް ދޫކޮށްފައިވާ ކަމަށް ޒުހޫރުގެ ސިޓީގައިވޭ
  • އެހެން ދެ ކުންފުންޏަކަށް ވެސް ބިން ދިނުމުގައި ފަޒުލްގެ މަސްލަހަތު އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޒުހޫރު ވިދާޅުވެފައިވޭ

"މިއީ އަމިއްލަ މަސްލަހަތު ހުރެ ޑިކެލެއާ ނުކުރުމުން ބަލަންޖެހޭ ކަންތައްކަމަށް އަޅުގަނޑަށް އައިސްފައިވާ ޝަކުވާތަކެވެ. ޝަކުވާތައް ބެލުމަށް މާހައުލެއް ނެތިގެން ބެލޭނެ މާހައުލެއް އުފެއްދުމަށްޓަކައި ކޮމިޓީއެއް ވެސް އެކުލެވުނަ ނުދިންކަންވެސް ފާހަގަކުރަމެވެ،" ރައީސް މުއިއްޒަށް ޒުހޫރު ފޮނުއްވި ސިޓީގައިވެ އެވެ.

މަސްލަހަތު އެކުލެވޭ ކަމަށް ބެލެވޭ މުއާމަލާތްތަކުގެ އިތުރުން، ޒުހޫރުގެ ސިޓީގައި "ޝައްކު އުފެދޭ އެހެނިހެން ކަންތައްތައް" ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބަލައި ފިޔަވަޅު އަޅާފައިވާކަން އެޗްޑީސީން، އަދި ސަރުކާރުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ލަގްޒަރީ ހައުސިން ޕްރޮޖެކްޓު ހިންގަން އެޗްޑީސީގެ މިހާރުގެ މެނޭޖުމެންޓުން ހަވާލުކުރި ބައެެއް ކުންފުނިތަކުން މާލީ މަންފާ ހޯދާފައިވާ ވާހަކަ އަޑުއިވިފައިވާ ކަމާއި، ހަމަނުޖެހޭ ލޯނަށް އެޑްވާންސް ދޫކޮށްފައިވާ ކަމަށާއި އަގުބޮޑުކޮށް މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް ވެސް ޒުހޫރުގެ ސިޓީގައި، ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވާފައިވެ އެވެ.

ހަމަ އެހެންމެ، ހިޔާ ފްލެޓްގައި އިތުރު 32 ލިފްޓު ހަރުކުރަން 18 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނީ މާކެޓްގެ އަގުތަކަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ކޮރަޕްޝަން އެކުލެވިގެން ކަމަށް ޒުހޫރު ވިދާޅުވެ އެވެ.

އޭގެ އިތުރުން ލޯނު ހަމަނުޖެހެނީސް އޮޓޯ ސެންޓަރު އެޅުމުގެ ނަމުގައި އެޑްވާންސް ގޮތުގައި އެތައް މިލިއަން ޑޮލަރެއް އަދި ކޮމާޝިއަލް ސްޕައިން ހެދުމުގެ ނަމުގައި ލޯނު ހަމަނުޖެހެނީސް އެޑްވާންސް ޕޭމަންޓްގެ ދޫކުރީ ދެ ފަހަރެއްގެ މަތިން އެ މުއާމަލާތް ކުރިއަށް ނުގެންދަން ބޯޑުން ނިންމާފައި ވަނިކޮށް ކަމަށް ވެސް ޒުހޫރުގެ ސިޓީގައިވެ އެވެ.

"ފަސް ލަގްޒަރީ ހައުސިން, އޮޓޯސެންޓަރު, ކޮމާޝަން ސްޕައިން، 32 ލިފްޓް އަދި ސީއެމްސީ މެދުވެރިކޮށް 15 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ،" ސިޓީގައިވެ އެވެ.

"އަޅުގަނޑު ވަކިކުރުމަށް މަނިކުފާނު ނިންމީ މި ހުރިހާ ކަމެއް އެނގިހުރެ ކަމުގައިވަނީ ނަމަ އަޅުގަނޑަށް މިކަންކަން ހިނގާގޮތް ނޭގުމަކީ އަޅުގަނޑުގެ މައްސަލައެއް ކަމަށްވުމުން އަޅުގަނޑު ވަކިކުރުމާއި މެދު އިތުރަށް ބުނާނެ އެއްޗެއް ނެތެވެ،"

ޒުހޫރު ވިދާޅުވީ އޭނާގެ ހަ ސޮފުހާގެ ސިޓީގައި ބަޔާންކޮށްފައި ވަނީ ކުޑަ މިންވަރެއް ކަމަށާއި ފްލެޓް ދިނުމާއި އަތުލުމާއި ތިލަފުށިން ބިމުގެ މުއްދަތު އިތުރު ކުރުމަށް މިލިއަނުން ފައިސާ ނެގުން ފަދަ އެތައް ޝަކުވާއެއް ރެޔާއިދުވާލު ލިބޭ ކަމާއި ކުންފުނީގެ ކަންކަން މި ވަގުތު ދަނީ ރަނގަޅަށް ނޫން ކަމަށް ވެސް ޒުހޫރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމުގެ ކަންކަން ރަނގަޅު ކޮށްދެއްވުމެވެ،" ޒުހޫރި ވިދާޅުވެފައިވެ އެވެ.

ކުންފުނިތަކުގެ ބޯޑުގައި ތިބެން ޖެހޭނީ ވެސް ތަޖުރިބާކާރު މީހުން ކަމަށާއި ބޯޑުގެ އެޖެންޑާއަކީ މިއަދު ފޮނުވައި މާދަމާ ފާސްކުރާ އެއްޗަކަށް ވެއްޖެނަމަ ހުރިހާ ކުންފުނިތައް ހަމައިން ނެއްޓި ހަލާކުވުން ގާތްކަމުގެ އިންޒާރު ވެސް ޒުހޫރު ދެއްވާފައިވެ އެވެ.

"ތަފްސީލް ނުލިބި ހަމައެކަނި އާނބަސް ބުނާ ބަޔަކަށް ބޯޑު ވެއްޖެ ނަމަ ކަންތައްތައް ވެގެންދާނެ ގޮތް މަނިކުފާނަށް ރަނގަޅަށް އެނގިލައްވާނެ ކަން ކަށަވަރެވެ،"

މިހާ ކުރިން ރައީސްގެ ސަމާލުކަމަށް މިކަންކަން ގެނެސްފައިވާ ކަން ކަށަވަރުކުރެވޭއިރު، މިކަންކަން މީޑީއާއާ ހަމައަށް ތިލަވުމުގެ ކުރިން އެއްވެސް މީހާކާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ނަމަވެސް މިހާރު ފުލުހުންނާއީ ޕީޖީ އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ މި މައްސަލަތައް ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox