ރިސޯޓުތަކުގައި އިސްލާމް ދީނުގެ ހުރުމަތް ކެނޑުމުގެ ފުރުސަތު ދީގެން ނުވާނެ: އަދާލަތު ޕާޓީ

Nov 8, 2026, 4:14 PM
އަދާލަތުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝިފާން ---

އަދާލަތުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝިފާން ---

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލައިގައި އެ ކަން ހިންގި ރިސޯޓާއި ބައިވެރިވި މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަދާލާތު ޕާޓީން ގޮވާލައިފި އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސްނެޕްޝޮޓްތަކުން ފެންނަ ގޮތުގައި، ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ދެ ފިރިހެނުން އަތުގުޅައިގެން ތިބެ އެވެ. އެ މީހުން ލައިގެން ތިބި ހެދުމާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެއީ ރަމްޒީ ކައިވެނީގެ ހަފުލާއެއް ކަމަށް ބެލެވެ އެވެ.

އެ މައްސަލަ ބަލަން ފުލުހުން ވަނީ ފަށާފަ އެވެ. މިއަދު ނެރުނު ބަޔާނެއްގައި އަދާލާތު ޕާޓީން ވަނީ އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެއީ އިސްލާމީ އަގީދާ އާއި ރާެއްޖޭގެ ސަގާފަތާއި އާދަކާދައާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ. 

"ރިސޯޓުތަކަކީ ރާއްޖޭގެ އިހުތިސާސް ހިނގާ ބިންތަކަށް ވީހިނދު، އެ ތަންތަނުގައި އިސްލާމް ދީނުގެ ހުރުމަތް ކަނޑައި، ރާއްޖޭގެ ގާނުނުތަކާ ހިލާފަށް ބޮޑެތި ޖަރީމާތަކާއި ކުށްތަކަށް މަގުފަހިވެގެންދާނެ ފަދަ އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެ ވީޑިއޯ ނެގުމަށް ފުރުސަތު ދިން ރިސޯޓާއި އެކަމުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލައި ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ. 

މި މައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށް ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ވެސް އެފަދަ ކަންކަން ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ އަންގާފަ އެވެ. 

މި ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ރާއްޖޭގެ ފަސްގަނޑުގައި އެފަދަ ކަންކަން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox