ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނި ހިޔާ ޓާވަރުތަކުގެ ލިފްޓުތައް އަދިވެސް ހަރުކޮށް ނުނިމޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް. މިއީ ރާއްޖޭގައި އެއް އިމާރާތެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ޓަވަރުތައް -- ފޮޓޯ: އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް. މިއީ ރާއްޖޭގައި އެއް އިމާރާތެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ޓަވަރުތައް -- ފޮޓޯ: އަދަދު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރިތާ ދެ އަހަރާއި ހަތަރު މަސްދުވަސްވީއިރު ވެސް އެ މަސައްކަތްކޮށް ނިންމަން ނުކުޅެދިއްޖެ އެވެ.

 ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ ފެބްރުއަރީ 12، 2024 ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މިދިޔަ އަހަރުގެ ޖެނުއަރީ 30، އެވެ.  

 ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ އޭޕްރިލް 15، 2025 އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން މިދިޔަ އަހަރުގެ އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މިދިޔަ ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.  

އެހެންނަމަވެސް، މިއަދާ ހަމައަށް ވެސް ހިޔާގެ ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކޮށް ނުނިމެ އެވެ. އެޗްޑީސީން ބުނީ ހިޔާ ޓަވަރުތަކުގެ 16 ވަނަ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

"ހިޔާ ޓަވަރު 1-15 އަށް ލިފްޓުތައް ނިމިފައި، އިން އޮޕަރޭޝަން. ހިޔާ 16 ލިފްޓު މަސައްކަތް ދަނީ ކުރިއަށް،" އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓު މެނޭޖަރު، މުހައްމަދު ސިރާޖު ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އަދަދުތައް ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.

އެޗްޑީސީން ދިން ތިންވަނަ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކޮށް ނުނިމުނު!

ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 12، ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މި އަހަރުގެ ޖެނުއަރީ 30، އެވެ.

އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މިދިޔަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އޮތީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ބާކީ ފައިސާ ހަރަދުކުރަނީ ބެލެވޭ ގޮތުގައި އެޗްޑީސީންނެވެ.

ހިޔާގައި ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ލިފްޓަކަށް 8.8 މިލިއަން ރުފިޔާގެ މަގުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރަން 17.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ. މީހުން އުފުލާ ލިފްޓިގައި ފަހަރަކު 16 މީހުން އުފުލޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ލިފްޓު ހަރުކުރުމުގެ އިތުރުން ލިފްޓުތައް ހަރުކުރަން ބޭނުންވާ ސްޓްރަކްޗާ ގާއިމުކުރުން ވެސް މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox