އިސޫ އަންހެނަކު ހިފަހައްޓައި، އެހެން މީހަކަށް ހަމަލާދޭ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެއްޖެ

އިސްމާއިލް އަބްދުއްރަހީމް (އިސޫ): އޭނާ މީހަކަށް ހަމަލާދިން ކަމަށް ބެލެވޭ ވީޑިއޯއެއް ވަނީ އާންމުވެފައި -- ފޮޓޯ: ޕީއެންސީ

އިސްމާއިލް އަބްދުއްރަހީމް (އިސޫ): އޭނާ މީހަކަށް ހަމަލާދިން ކަމަށް ބެލެވޭ ވީޑިއޯއެއް ވަނީ އާންމުވެފައި -- ފޮޓޯ: ޕީއެންސީ

އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހުޅުމާލެ އޮޕަރޭޝަންސް އިސްމާއިލް އަބްދުއްރަހީމް (އިސޫ) ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި އަންހެނަކު ހިފަހައްޓައި، އޭނާއާއެކު ހުރި މީހަކަށް ހަމަލާދޭ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ. 

އެކްސް ގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިސޫ އިސްވެ މީހަކަށް ހަމަލާދޭ މަންޒަރު ފެނެ އެވެ. އެއަށްފަހު އެ މީހާއާއެކު ހުރި އަންހެން މީހާއަށް ފޭސް 3 ސަރަހައްދުން ނުދެވޭގޮތަށް އިސޫ ހިފަހައްޓާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. 

މާރާމާރީގައި އިސޫގެ އިތުރުން ދެން ހިމެނޭ 21 އަހަރުގެ ޒުވާނެކެވެ. މައްސަލައާ ގުޅިގެން އެ ޒުވާނާ ހައްޔަރުކޮށް މިހާރު ވަނީ ފަސް ދުވަސް ބަންދުގެ މުއްދަތަށް ޖަހާފަ އެވެ. ނަމަވެސް މައްސަލައާ ގުޅިގެން އިސޫއަށް އެއްވެސް ފިޔަވަޅެއް ނާޅައި، އޭނާ ހައްޔަރު ނުކުރާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

Advertisement

ދައުރުވަމުންދާ ވީޑިއޯއާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން އެ ހިދުމަތުން ބުނީ މާރާމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން ދަނީ ބަލަމުން ކަމަށެވެ. 

އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ރިލްވާންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލި އެވެ. 

ފަހުން އޭނާ ފެނިފައި ވަނީ ރައީސް މުހައްމަދު މުއިއްޒާއެކު އެވެ. ޕީއެންސީގެ ކެމްޕެއިންތަކުގައި ވެސް ވަރަށް ބޮޑަށް އޭނާ ހަރަކާތްތެރިވެ އެވެ. އަދި ޕާޓީގެ އެތެރޭގެ މަގާމަކަށް ވާދަ ކުރަން ވެސް އިސޫ މަސައްކަތް ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox