ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅު އޮތީ މިރޭ 19:00 އާ ހަމައަށް ޔެލޯ އެލާޓުގަ އެވެ. މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އިއްޔެއިން ފެށިގެން ހަތަރު ދުވަހަށް ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މެޓުން އޮތީ ލަފާކޮށްފަ އެވެ.
މެޓް އޮފީސް އިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ނޮވެމްބަރު 7، އިން ފެށިގެން ނޮވެމްބަރު 11، އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.








