މާލީ ބަގާވާތާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހޯދައި، ތަހުގީގުކުރުމާ މެދު ގޮތެއް ނިންމަނީ

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: މާލީ ބަގާވާތާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހޯދައި، ތަހުގީގުކުރުމާ މެދު ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ޕޮލިސް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: މާލީ ބަގާވާތާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހޯދައި، ތަހުގީގުކުރުމާ މެދު ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: ޕޮލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ މައްސަލަ ފުލުހުން ބަލައި އިދާރާތަކުން ހުރިހާ ލިޔެކިޔުމެއް އެއްކޮށް ޖިނާއީ ތަހުގީގެއް ހިންގުމާ މެދު ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު "އަދަދު" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެކި އިދާރާތަކުން ހޯދަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް މިހާރު ހޯދައި ނިމިފައިވާ ކަމަށާއި ދެން އެކަމުގައި އޮތީ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމުން ކަމަށެވެ.

"އެއީ އެކަށީގެންވާ ތުހުމަތެއްތޯ ނޫންތޯ ވެސް ބެލޭނީ މައުލޫމާތުތައް އެއްކޮށް ކަންތައްތަކެއް ކޮށްގެން. ކަމާ އަޅުގަނޑުމެން ގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި ނިމިފައި އެެހެރީ. ދިރާސާ ކުރުމަށްފަހު އެއަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން މިދަނީ. ފައިންޑިންތަކުން އެއީ ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލޭނެ،" ކޮމިޝަނާ ޝުޖާއު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ހުރިނަމަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާނެ ކަމަށާއި ނަމަވެސް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ނެތްނަމަ އެ މައްސަލަ ފައިލް ކުރާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިޖ އެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ. އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ދިޔަ ވަގުތާ އެވެ.

މާލީ ބަގާވާތާ ގުޅިގެން މިހާތަނަށް އެ ތުހުމަތު ސަރުކާރުން އަމާޒުކުރާ އެމްޑީޕީއާ އެއްވެސް ސުވާލެއް ނުކުރެ އެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ.

ފުލުހުން ބަގާވާތުގެ މައްސަލަ ބަލަން ފެށުމުން އާންމުން އެކަން ބޮޑު ޖޯކަކަށް ހަދައިގެން އޭރު އެވާހަކަ ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox