ފިނޭންސުގެ އިލްތިމާސް: ހަރަދު ކުޑަކުރުން ލަސްވާ ކޮންމެ މަހަކަށް 254 މިލިއަން ރުފިޔާ ބޭނުންވާނެ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި: ހަރަދުތައް ކުޑަނުކުރެވިއްޖެ ހާލަތެއްގައި ޖުމްލަ ހަރަދު 51 ބިލިއަނުން މައްޗަށް ދާނެ ކަމަށް ބުނެފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި: ހަރަދުތައް ކުޑަނުކުރެވިއްޖެ ހާލަތެއްގައި ޖުމްލަ ހަރަދު 51 ބިލިއަނުން މައްޗަށް ދާނެ ކަމަށް ބުނެފައިވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހަރަދު ކުޑަކުރުމަށް އެޅުމަށް ރާވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވާ ކޮންމެ މަހެއްގައި ހަރަދުތައް އިތުރުވެ، ބަޖެޓު ޑެފިސިޓަށް އަސަރު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑައިރެކްޓް ސަބްސިޑީތައް އުވާލުމާއި އާސަންދަ އާއި ވެލްފެއާ ނިޒާމު ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމެވެ.

މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ހަރަދު ކުޑަކުރަން ހިމެނި ކަންކަމެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ މި އަހަރުގެ ތެރޭގައި މިއިން އެއްވެސް ސިޔާސަތެއް ތަންފީޒު ނުވެ، ދައުލަތުގެ ބަޖެޓުން އެކަންކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުނެ އެވެ.

މި އަހަރެކޭ އެއް ފަދައިން އަންނަ އަހަރުގެ ތެރޭގައި ވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ލަސްވެއްޖެ ނަމަ، ސަބްސިޑީ އާއި އާސަންދަ އާއި ވެލްފެއާ ހަަރަދުތަކަށް ކޮންމެ މަހެއްގައި 254 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސުން އަންދާޒާކުރެ އެވެ.

ލަސްވާ ކޮންމެ މަހަކަށް ހަރަދަށް އިތުރުވާ އަދަދު

  • ސަބްސިޑީ - 176.1 މިލިއަން ރުފިޔާ
  • އާސަންދަ - 58.3 މިލިއަން ރުފިޔާ
  • ވެލްފެއާ - 19.8 މިލިއަން ރުފިޔާ

މިއާ އެކީ، ޖުމްލަ ހަރަދު 51.4 ބިލިއަން ރުފިޔާއަށް އިތުރުވެ، 2.3 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ޖެހޭނެ ކަމަށް ވެސް ފިނޭންސުގެ ލަފާކުރުންތަކުން ދައްކަ އެވެ. މިއާ އެކީގައި މިހާރު 9.3 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓު 11.7 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ސަރުކާރުން ރާވާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox