ވަކިވަކި މެންބަރުން ގާނޫނާ ހިލާފުވެއްޖެނަމަ ސިޔާސީ ޕާޓީ 100،000ރ. އިން ޖޫރިމަނާކުރެވޭ ގޮތް ހަދަނީ

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ވަކިވަކި މެންބަރުން ގާނޫނާ ހިލާފުވެއްޖެނަމަ ސިޔާސީ ޕާޓީ 100،000ރ. އިން ޖޫރިމަނާކުރެވޭ ގޮތް ހަދަން މަޖިލީހަށް ވަނީ ހުށަހަޅާފަ --- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ވަކިވަކި މެންބަރުން ގާނޫނާ ހިލާފުވެއްޖެނަމަ ސިޔާސީ ޕާޓީ 100،000ރ. އިން ޖޫރިމަނާކުރެވޭ ގޮތް ހަދަން މަޖިލީހަށް ވަނީ ހުށަހަޅާފަ --- ފޮޓޯ: އަދަދު

ސިޔާސީ ޕާޓީތަކުގެ ވަކިވަކި މެންބަރުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެއްޖެނަމަ އޭނާ ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނަށް ބަދަލުގެންނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މެންބަރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ސަރުކާރުން މި އިސްލާހު ހުށަހެޅީ ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލަން ބާރުއެޅުމަށާއި، އެ ގާނޫނާ ހިލާފުވާ މިންވަރު މަދުކުރުމަށް ކަމުގައި ބިލު ހުށަހެޅުއްވި މެންބަރު ބުނެފައިވެ އެވެ.

Advertisement

މީގެ ކުރިން ގާނޫނު އޮތް ގޮތުން ގާނޫނާ ހިލާފުވާ ހާލަތެއްގައި އެ މީހަކު 30،000ރ. އާއި 75،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ސަރުކާރުން މި މާއްދާއަށް އިތުރުކުރަން ހުށަހަޅާފައިވަނީ މި ޖޫރިމަނާގެ އިތުރުން އެ މީހަކު ނިސްބަތްވާ ޕާޓީވެސް 100،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

މީގެއިތުރުން، އިންތިހާބަކަށް ވާދަކުރުމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓު ނުލިބޭ ހާލަތެއްގައި އެ އިންތިހާބުގައި ދެން ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތް މާއްދާ އުވާލަންވެސް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އެ މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއްކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތަށް އެ ކޯޓުން ކަނޑައެޅުއްވީ 2019 ވަނަ އަހަރު، ހ.ތިމާވެށި އަބްދުﷲ ޖާބިރު އެކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox