އޭސީސީއަށް ފާޑު ކިޔުމަށްފަހު އިބްރާހިމްދީދީ ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮމިޝަންތައް ނުހިންގާ ކަމަށް

 ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ: އޭނާ ވިދާޅުވީ އޭސީސީ އަދި އީސީއަށް ރައީސުން ކަނޑައެޅުމުގެ ބާރު ރައީސަށް އޮންނަން ޖެހެނީ ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުވާތީ ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ: އޭނާ ވިދާޅުވީ އޭސީސީ އަދި އީސީއަށް ރައީސުން ކަނޑައެޅުމުގެ ބާރު ރައީސަށް އޮންނަން ޖެހެނީ ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުވާތީ ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމަށް ގާނޫނު ބަދަލުކުރަން ޖެހޭ އެއް ސަބަބަކީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮމިޝަންތައް ނުހިންގުން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.

މިގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ މިއަދުގެ ޖަލްސާގައި އެ ބިލަށް ދަނީ ބަހުސްކުރަމުންނެވެ. އެ ބަހުސްގެ ތެރެއިން އިބްރާހިމް ވިދާޅުވީ، ކޮމިޝަނުތަކުގެ ރައީސުންނަށް 'ރައީސް' ކީމަ އެބޭފުޅުންގެ ހައިސިއްޔަތު އޮޅޭ ކަމަށާއި ސަރުކާރާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮމިޝަންތަކުގެ ނުކުރާ ކަމަށެވެ.

"ހުރިހާ ކޮމިޝަނެއް ވެސް މިގޮތަށް ބަދަލުކުރަންވީ. ރައީސް ކީމަ ހުރިހާ ކޮމިޝަންތަކުގެ ރައީސުންނަށް ހީވަނީ މިއީ އެކިއެކި ތަފާތު ގައުމުތަކުގެ ވެރިންހެން. އެބޭފުޅުން މި ކޮމިޝަންތައް ހިންގަން އުޅެނީ ދިވެހި ރާއްޖޭގެ ދައުލަތް ނުވަތަ ދިވެހި ސަރުކާރަކުން ބޭނުންވާ ނުވަތަ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން. ތިމަންނަމެން ބޭނުންވާ ގޮތަށް ހިންގަން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ވެސް ރައީސް ބޭނުންވާ ބޭފުޅުންގެ ނަންތައް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އެހެންކަމުން އެ ކޮމިޝަންތަކުގެ މެންބަރުން، ކޮމިޝަނުގެ ރައީސުން ހޮވުމުގެ ބަދަލުގައި ރައީސް އެ މަގާމަށް ނަން ފޮނުވުމުން މަޖިލީހުން އެ ނަން ފާސްކުރުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގިނަ ބާރުތަކެއް ދިނުމަށް އަބަދުވެސް ވަކާލާތުކުރަމުންދާ އިބްރާހިމް މިއަދު ވަނީ ކޮމިޝަންތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުންނަކީ ވެސް ރައީސް އައްޔަންކުރައްވާ ބަޔަކަށް ހަދަން ގޮވާލައްވައިފަ އެވެ.

"ހަގީގަތަކީ މި ރާއްޖޭގަ މިތިބަ އަތޮޅު ކައުންސިލްތަކުގެ ވަނީ ރައީސުލްޖުމްހުރިއްޔާ އައްޔަންކުރަން. މި ބޭފުޅުންނަށް އަތޮޅު ހިންގޭތޯ. އޭރު ރައީސުލްޖުމްހުރިއްޔާ ކަތީބުން ނުވަތަ އަތޮޅު ވެރިން އައްޔަންކުރި ޒަމާނުގަ މާ ރަނގަޅެއް ނޫންތޯ އަތޮޅުތަކުގެ ކަންތައްތައް ހިނގަމުންދިޔަ ގޮތް. އޭރު އޮންނަ ސަރުކާރަކާ ގުޅިގެން ސަރުކާރުން އެދޭ ގޮތަކަށް ތަރައްގީގެ މަޝްރޫއުތަކާއި، ގައުމަށް ލިބޭ އެއްޗަކާ ނުލިބޭ އެއްޗަކާ ބަލައިގެން ނޫންތޯ އެކަންތައްތައް ކުރަމުންދިޔައީ،" އިބްރާހިމް ވިދާޅުވި އެވެ.

ނަމަވެސް، މިހާރު އަތޮޅު ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް ދައުލަތާއި ސަރުކާރުން ބުނާ ގޮތް ނުހަދާ ކަމަށް ބުނެ އޭނާ މިއަދު ވަނީ ޝަކުވާ ކުރައްވައިފަ އެވެ. ގައުމުގެ ކަންކަން ހައްލުކުރުމަށް ގައުމުގެ ރައީސް ބޭނުންވާ މީހަކު ތަންތަނަށް އައްޔަންކުރުމުގެ ބާރު ދޭން ޖެހޭ ކަމަށާއި ރައީސް ހޮވަނީ ރައްޔިތުންގެ މެޖޯރިޓީން ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭސީސީއަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން ނިމިދިޔަ ދެ ސަރުކާރުން ކުރި "ވައްކަންތަކުގެ" އެއްވެސް މައްސަލައެއް އޭސީސީން ނުބަލާ ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ފުލުހުންނާއި ހަވާލުކުރުމަށް ވެސް އޭނާ މިއަދު ވަނީ ގޮވާލައްވާފަ އެވެ. އަދި އޭސީސީން ބަލަން ޖެހޭނީ ފުލުހުން ހަވާލުކުރާ މައްސަލަތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox