"ކަނޑުފަޅުން" ގޯތި ދިނުން ގޯސްވި ސަރުކާރުން 1،300 އަށްވުރެ ގިނަ ގޯތި ދެނީ ގުޅީފަޅުގެ ނުހިއްކާ އޮތް ބައިން

ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ހައިދަރު އާ ސަލާމްކުރައްވަނީ: މި ސަރުކާރުންވެސް ފަޅުން ގޯތި ދޫކުރަން ވަނީ ފަށާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ހައިދަރު އާ ސަލާމްކުރައްވަނީ: މި ސަރުކާރުންވެސް ފަޅުން ގޯތި ދޫކުރަން ވަނީ ފަށާފަ --- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ފަޅުންނާއި ކަނޑުން ގޯތި ދިން ކަމަށް ބުނެ އެކަމަށް ފާޑު ކިޔުމަށްފަހު މި ސަރުކާރުން ވެސް ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 އަށްވުރެ ގިނަ ގޯތި ދޫކުރަން ފަށައިފި އެވެ.

މާލެ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ގޯތި ދޫކުރީ ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވައްސާއި ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ. އޭގެތެރެއިން ހުޅުމާލެ ދެވަނަ ފިޔައްވައްސާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ގޯތިތައް ދޫކުރިއިރު ގިނަ ގޯތިތައް ދިނީ ނުހިއްކާ އޮތް ސަރަހައްދުންނެވެ. ނަމަވެސް އެ ތަންތަން ހިއްކުމުގެ މަސައްކަތް އޮތީ ފަށާފަ އެވެ.

މި ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ލިބުނު ބައެއް ގޯތި ގުޅީފަޅަށް ބަދަލުކޮށް އެ ދެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގުރުނަގަން ފެށީ މިއަދެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގޯތިތަކުގެ ޕްލޮޓު ނަމްބަރަށް ބަލާއިރު، ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން 1،339 ގޯއްޗެއް ދޭން އޮތީ ހިމަނާފަ އެވެ.

މި ސަރަހައްދަކީ ކުރީ ސަރުކާރުން ހިއްކަން ޕްލޭންކޮށްފައި އޮތް ސަރަހައްދެއް ނޫނެވެ. ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެ ސަރަހައްދު ހިއްކަން ނިންމީ މި ސަރުކާރުންނެވެ. އެ މަޝްރޫއަށް ފައިސާ ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ވެސް ކުރި އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ނޭނގޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ ވަޒީރުން އަދި މަޖިލިސް މެންބަރުން ވެސް މިކަމަށް ފާޑުކިޔެވެ. އަދި ގޯތިތައް ދިނީ ކަނޑުފަޅުން ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގަ އަދި ވެރިކަމަށް އައި ފަހުން ވެސް އެމްޑީޕީ އާއި ކުރީގެ ސަރުކާރަށް ފާޑުކިޔެވެ.

"ބިންވެރިޔާ ޕްރޮގްރާމްގެ ނަމުގައި ވަރަށް ގިނަ ގޯތިތައް ދޭން ލިސްޓްކޮށްފި. މިމަސައްކަތް، ގޯތި، އެތައް ހާސް ގޯއްޗެއް މި ހުޅުމާލެއިންނާއި އަދި ނުހިއްކާ އޮތް ފަޅުފަޅުންނާއި ދޭން އިއުލާންކޮށްފި،" ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބަލަހައްޓާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ކަނޑުންނާއި ފަޅުން ދޭ ތަންތަނަށް ގޯއްޗެކޭ ނުކިޔޭނެ ކަމަށް ވިދާޅުވެ ކުރީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

"ކަނޑުން ދީފަ ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ، ފަޅުން ދީފަ ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ،" ގޯއްޗާއި ފުލެޓު ދިނުން ލަސްވެގެން އޯގަސްޓު މަހު މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox