ހުލާސާކޮށް އިއްޔެ: ސަރުކާރުގެ އާ ބަހަނާއެއް

Mar 5, 2026, 3:59 AM
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވާހަކަ ދައްކަވަނި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވާހަކަ ދައްކަވަނި. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ބޭރުގައި ސަރުކާރުގެ ހަރަދުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ގިނަ ފަހަރު ލަސްވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހުމަދު އިއްޔެ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެންދާ މައްސަލަ ބައެއް ދަރިވަރުން އަންނަނީ ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ތިލަކުރަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވި ގޮތުގައި މިހާރު ފައިސާ ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ލަސްވުމެއް އަންނަނީ އެ ފައިސާއަކީ ތިން އިދާރާއަކުން ބަލާފައި ފައިސާއަކަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ޔުނިވަސިޓީތަކުން އިންވޮއިސް އަންނައިރު އޮންނަނީ ހަފްތާއަކަށް ވެފައި ޑެޑްލައިނަށް. އެހެންވީމާ ވާ ގޮތަކީ އެ ޑެޑްލައިން މީޓުކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވޭ. އެއީ ކަންނޭނގެ އެންމެ ބޮޑަށް ޕޭމަންޓު ޑިލޭސްގައި ދިމާވާ މައްސަލައަކީ،" ހައިދަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފައިސާ ދޫކުރުމުގައި ކުރިއަށްވުރެ މިހާރު ރަނގަޅަށް އަމަލުކުރެވޭ ކަމަށާއި ދެ ހަފްތާ ކުރިން ވެސް ސްޓައިޕެންޑު ދޫކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ގިނަވެގެން ވެސް ދެ ހަފްތާގެ ތެރޭގައި 80 ޕަސެންޓު ދަރިވަރުންނަށް މި އަހަރު ތެރޭ ފައިސާ ދޫކުރެވިފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

މީގެ ކުރިން ހައިދަރު ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ މިނިސްޓްރީއަށް ބޭނުންވާ ބައެއް ލިޔުންތައް ދަރިވަރުންގެ ފަރާތުން ނުލިބުމެވެ.

ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސްކޮލާޝިޕްތަކުގައި 20 ގައުމެއްގައި 602 ދަރުވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox