ގުޅީފަޅުގެ ލޮޓް އެލޮކޭޝަން ޕްލޭންގެ ތަފުސީލު ހިޔާވަހި ޕޯޓަލަށް އަޕްލޯޑުކޮށްފި

ގުޅީފަޅުގެ މަތިން ފެންނަ ސެޓެލައިޓު ފޮޓޯއެއް -- ފޮޓޯ: ސެންޓިނަލް 2

ގުޅީފަޅުގެ މަތިން ފެންނަ ސެޓެލައިޓު ފޮޓޯއެއް -- ފޮޓޯ: ސެންޓިނަލް 2

އަލަށް ފާސްކުރި ލޭންޑް ޔޫސް ޕްލޭނުގެ ދަށުން ގުޅީފަޅުގެ ލޮޓު ނަންބަރުތަކުގެ ތަފުސީލު ހިޔާވަހި ޕޯޓަލަށް ހައުސިން މިނިސްޓަރީން އަޕްލޯޑު ކޮށްފި އެވެ.

އެ މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަލަށް ފާސްކުރި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ލޮޓް އެލޮކޭޝަން ޕްލޭންގެ ތަފުސީލުތައް ހިޔާވެހި ޕޯޓަލުން ފެންނާނެ ކަމަށެވެ.

ހިޔާވަހި ޕޯޓަލަށް އަޕްލޯޑު ކޮށްފައިވާ ތަފުސީލުގައި އެކި ބޮޑުމިނުގެ ގޯއްޗަށް ދީފައި ހުރީ އެކި ކުލަ އެވެ. ހައުސިން މިނިސްޓަރީން ބުނީ އެ ހުރިހާ ކެޓެގަރީތަކެއްގެ ގުރުނެގުން ވެސް ދާނީ ވަކީން ކަމަށެވެ. އެގޮތުން ކޮންމެ ކެޓެގަރީއަކަށް ހާއްސަ ފޮށިތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

ހައުސިން މިނިސްޓަރީން އާންމުކޮށްފައިވާ ލޮޓް ނަންބަރުތަކުގެ ތަފުސީލު
ހައުސިން މިނިސްޓަރީން އާންމުކޮށްފައިވާ ލޮޓް ނަންބަރުތަކުގެ ތަފުސީލު

ހައުސިން މިނިސްޓަރީން އާންމުކޮށްފައިވާ ލޮޓް ނަންބަރުތަކުގެ ތަފުސީލު

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން އޮތީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭގަ އެވެ.

ހައުސިން މިނިސްޓަރީން ބުނީ ގުރު ކަރުދާސްކޮޅު ނެގުމަށްފަހު އޭގައިވާ ބާކޯޑު ވަގުތުން ސްކޭން ކުރާނެ ކަމަށާއި ސްކޭން ކުރުމާއެކު ގުރުނަގާ މާލަމުގައި ބަހައްޓާފައި ހުންނަ ސްކްރީނުން ފޯމު ނަންބަރާއި ލިބުނު ބިމުގެ ތަފުސީލު ފެންނާނެ ކަމަށެވެ. އަދި އެސްއެމްއެސްގެ ޒަރިއްޔާއިންނާއި ހިޔާވަހި ޕޯޓަލުން ވެސް ބިމުގެ ތަފުސީލު ފެންނާނެ ކަމަށް ހައުސިން މިނިސްޓަރީން ބުންޏެވެ.

ގުރު ނެގުން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓަރީން ކުރިން އިއުލާނު ކުރި ލިސްޓުގައިވާ ތަރުތީބުން ކަމަށް އެ މިނިސްޓަރީން ބުންޏެވެ. ނަމަވެސް ގުރު ނަގަން މީހަކު ހާޒިރު ނުވެއްޖެ ނަމަ، ފޯމު ނަންބަރާއި ލިސްޓުގައި ހިމެނޭ ނަމާއި އައިޑީ ކާޑު ނަންބަރު ގޮވުމަށްފަހު ހައުސިން މިނިސްޓަރީގެ މުވައްޒަފަކު ގުރު ނެގުމަށްފަހު ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox