އެސްޓީއޯއަށް ބޭނުންވާ ހުރިހާ ތެލެއް ފޯރުކޮށްދޭން ވިޓޯލް ހަމަޖައްސައިފި

އެސްޓީއޯ އާއި ވިޓޯލްއިން ބަންކަރިން އެއްބަސްވުމުގައި ސޮއިކުރަނީ: ތެޔޮ ސަޕްލަޔިކޮށްދިނުމުގެ އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް އެސްޓީއޯއިން ނުދޭ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އާއި ވިޓޯލްއިން ބަންކަރިން އެއްބަސްވުމުގައި ސޮއިކުރަނީ: ތެޔޮ ސަޕްލަޔިކޮށްދިނުމުގެ އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް އެސްޓީއޯއިން ނުދޭ -- ފޮޓޯ: އެސްޓީއޯ

ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ބޭނުންވާ ހުރިހާ ތެލެއް ފޯރުކޮށްދޭން ސްވިޒަލޭންޑްގައި މަރުކަޒުކޮށްފައިވާ ނެދަލޭންޑްސްގެ ބޮޑު ތެޔޮ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދިން ނަމަވެސް، އެ ކުންފުނިން ވަނީ މި އެއްބަސްވުމުގައި ސޮއިކުރިކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ވިޓޯލްއިން ތެޔޮ ގަންނަ ގޮތަށް ބަދަލުކުރިއިރު، ކުރިން އެސްޓީއޯއިން ތެޔޮ ގަންނަމުން އައީ އޮމާންގެ ގައުމީ ތެޔޮ ކުންފުނި، އޯކިޔުއިންނެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން އަމުރު ހުންނެވި ދުވަސްވަރު އެ ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

Advertisement

އޮކިޔުއާއެކީ އެއްބަސްވުމެއް ސޮއިކުރުމުގެ ކުރިން އެސްޓީއޯއިން ތެޔޮ ގަންނަމުން އައި ސައުދީ އަރަމްކޯ އާއި އަމިއްލަ ޓްރޭޑަރުން އަތުންނެވެ.

އެސްޓީއޯ އިން ވިޓޯލްއާ އެކީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެ ކުންފުނިން އިހަވަންދިއްޕޮޅުގައި ގާއިމުކުރާ ބަންކަރިން ހިދުމަތުގެ އެކްސްކްލޫސިވް ސަޕްލަޔަރަކަށް ވެސް ހަމަޖެއްސީ ވިޓޯލް އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯއިން ގެންނަ ދެ ބަންކަރަކީ ވެސް ވިޓޯލްއިން ސިންގަޕޫރުގައި ބޭނުންކުރަމުން އައި ދެ ބަންކަރެވެ.

ބަންކަރިން ހިދުމަތް ފަށަން ސަރުކާރުން އެކި ތާރީހުތައް ދިނުމަށް ފަހު، އެންމެ ފަހުން ބުނީ މި މަހުގެ 12 ގައި އެ ހިދުމަތް ފަށާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox