އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ސްޓޭޓް މިނިސްޓަރު ފައިރޫޝް ދެކޮޅު

ސްޓޭޓް މިނިސްޓަރު ފައިރޫޝް: އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ސްޓޭޓް މިނިސްޓަރު ފައިރޫޝް ދެކޮޅު ހަދައިފި - ފޮޓޯ: ފުލުހުން

ސްޓޭޓް މިނިސްޓަރު ފައިރޫޝް: އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ސްޓޭޓް މިނިސްޓަރު ފައިރޫޝް ދެކޮޅު ހަދައިފި - ފޮޓޯ: ފުލުހުން

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ދެކޮޅުހައްދަވައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ އަމަލުތަކާ ގުޅިގެންނެވެ. މިއީ ދިވެހި އާންމުން ވޭތުވެދިޔަ ހަ މަހެއްހާ ދުވަހު ގޮވާލަމުންދިޔަ ކަމެކެވެ.

މިކަމާ ގުޅިގެން ފައިރޫޝްގެ އެކްސް އެކައުންޓުން ކުރެއްވި ފުރަތަމަ ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކުރަން ޖެހެނީ ސޯޝަލް މީޑިއާގައި އާންމުން ބުނާ ބަހަށް ބަލާ، އެ މީހުން ހިތްހަމަ ޖެއްސުމަށް ނޫން ކަމަށެވެ.

"ހާރިޖީ ސިޔާސަތު ބިނާކުރަން ޖެހެނީ ގައުމުގެ ވަސީލަތްތަކާއި މާލީ ހާލަތް އަދި އެކު ޖުމްލަ ގައުމަށް ކުރާނެ ފައިދާއަށް ބަލައިގެން،" ފައިރޫޝް ލިޔުއްވާފައިވެ އެވެ.

ދެވަނައަށް އޭނާ ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ނުފެންނަނީ ކޮން ސަބަބުތަކަކާ ހުރެ ތޯ ސުވާލު އުފައްދާ، ފާރިޝް މައުމޫން ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާފަ އެވެ.

އެގޮތުން، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން އެ ތަނުގެ މުސްލިމުންނާއި ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނަށް ވެސް ރާއްޖެ ނާދެވޭނެ ކަމަށެވެ. މީގެއިތުރުން މި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ގެއްލުން ލިބޭނެ ކަމަށާއި ގައުމީ ސަލާމަތަށް ވެސް ނުރައްކާވާނެ ކަމަށް ފައިރޫޝް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފައިރޫޝްއަށް ފާޑުކިޔަމުންނެވެ.

ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފައިރޫޝް އައްޔަން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ދައުލަތުގެ ބަޖެޓުން މަހަކު 43,500 ރުފިޔާ ދެ އެވެ.

ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވުމާއި އޮސްޓްރޭލިއާގައި ވަޒީފާ އަދާކުރެއްވުން

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ، 2021، ގަ އެވެ. ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކުރެއްވީ ހިދުމަތަށް 20 އަހަރު ފުރުމުން އަމިއްލައަށް އެދިގެންނެވެ.

ނަމަވެސް އޭނާ ރިޓަޔާ ކުރުއިރު، އޭނާގެ މައްޗަށް ކުރެވުނު ސީރިއަސް މައްސަލަތަކަށް ހޯމް މިނިސްޓްރީން ރިއާޔަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. މަޖިލީހުން އެގޮތަށް ނިންމީ ފައިރޫޝް ރިޓަޔާ ކުރުމާއެކު އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގަ އެވެ.

އެ މައްސަލަ ދިރާސާކޮށް 241 ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ފައިރޫޝްގެ މައްޗަށް މައްޗަށް އާންމު އިޖުތިމާއީ މިންގަނޑުން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ވެސް ކޮމިޓީ ރިޕޯޓްގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ވަނީ ފާހަގަކޮށްފަ އެވެ.

މައްސަލަ ދިރާސާކުރުމުގެ ތެރެއިން ކޮމިޓީގެ މެމްބަރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ފައިރޫޝްގެ މައްޗަށް ފެބްރުއަރީ، 2012، ގައި ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރެވޭ ތުހުމަތުތައް ފާހަގަކޮށްފަ އެވެ.

އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު ޝަރަފުވެރިކަމާއެކު ރިޓަޔާކުރުމަށް ފުރުސަތު ދިނުމާ ގުޅޭގޮތުން މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކައިފަ އެވެ.

ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރައްވާ އެ ގައުމުގެ ޔުނިވަސިޓީއެއްގައި ލެކްޗަރާއެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox