އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރާ ޑިވެލޮޕްމަންޓު ބޭންކު ޖުލައި މަހު ހުޅުވަނީ

އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ: ޑިވެލޮޕްމަންޓް ބޭންކުން ގިނައިން ލޯނު ދޫކުރަނީ އުމްރާނީ ތަރައްގީއަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ: ޑިވެލޮޕްމަންޓް ބޭންކުން ގިނައިން ލޯނު ދޫކުރަނީ އުމްރާނީ ތަރައްގީއަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ ޖުލައިގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިވެލޮޕްމަންޓު ބޭންކުތަކަކީ އިގުތިސޯދީ ތަރައްގީގެ މަޝްރޫއުތަކަށް، ހާއްސަކޮށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް، ދިގު މުއްދަތުން އަނބުރާ ދައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދޭ ބޭންކެކެވެ. މީގެ ބޭންކެއް ރާއްޖޭގައި ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މިފަދަ ބޭންކުތަކުން އާންމުކޮށް ލޯނާއި ގްރާންޓު (އެހީ) އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށާއި އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަމާއި ތައުލީމާއި ސިއްހީ ފަރުވާ އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށެވެ.

ޑިވެލޮޕްމަންޓް ބޭންކު ގާއިމުކުރުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން އިހަވަންދިއްޕޮޅާއި ފުނަދޫ ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގެ އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބެލުމުގެ ދަށުން މި ބޭންކު ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގެ ތާރީހު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ބަދަލުކުރެވޭނެ މަޝްރޫއެއް [ޑިވެލޮޕްމަންޓް ބޭންކަކީ]. އަޅުގަނޑުމެންނަށް، ސަރުކާރުގެ އިތުރަށް ޕްރައިވެޓް ޕްލޭސްމަންޓް ހެދީމަ، އިންވެސްޓާސް މި ބޭންކުގައި އިންވެސްޓް ކުރާނެ ފަރާތްތައް މިހާރު ވެސް އެ އިންޑިކޭޓާސް ނުވަތަ އެ ބޭފުޅުންގެ ބަލައިގަތުން އެބައޮތް ކަން، ނުވަތަ ކޮންފިޑެންސާ އެއްކޮށް އައިސް ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ދެމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމައި، މިއީ ވެސް އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. ޖުލައި މަސް ތެރޭގައި އަޅުގަނޑުމެން މި ބަލަނީ ބޭންކުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް."

ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox