އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު ދެއްވައިފި

Mar 3, 2026, 6:13 AM
އިކޮނޮމިކް މިނިސްޓަރު ސައީދު: ވިދާޅުވީ ހަނގުރާމައިން ލިބޭ ގެއްލުންތައް ކުޑަ ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އިކޮނޮމިކް މިނިސްޓަރު ސައީދު: ވިދާޅުވީ ހަނގުރާމައިން ލިބޭ ގެއްލުންތައް ކުޑަ ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،" ސައީދު ވިދާޅުވި އެވެ. "ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ."

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދުގެ މައި އިންޑަސްޓްރީ ކަމަށްވާ ޓުއަރިޒަމާ ގުޅޭ ގޮތުން ވެސް ސައީދު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރި ނަމަވެސް ގެއްލުންތައް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޓުއަރިޒަމަށް ރާއްޖެ ޑިޕެންޑު މި ވަނީ. އިގްތިސާދުގެ އެންމެ ބޮޑު ތަނބަކީ ޓުއަރިޒަމް. ހަމައެކަނި މިހާރެއް ނޫން. ރާއްޖޭގެ މޮޑަން އިކޮނޮމީ ފެށުނީއްސުރެ ޓުއަރިޒަމަށް ޑިޕެންޑު ވަނީ. އޭގެ ވަށައިގެން އެހެން ސިނާއަތްތައް މި ހުންނަނީ،" ސައީދު ވިދާޅުވި އެވެ. "އެހެންވިޔަސް ދުނިޔެ ގަބޫލު ކުރާ ގޮތުގައި ޓުއަރިޒަމަކީ އެންމެ ޕޮޕިއުލާ ސިނާއަތް ކަމުގައި ވިޔަސް އެންމެ އަވަހަށް ހީނަރުކަން ވެސް އަންނަ ސިނާއަތް."

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ދިމާވި ސުނާމީ ފަދަ ކާރިސާތަކުގައި ވެސް ވެސް ފަތުރުވެރިކަން އިންތިހާއަށް އަޑިއަޅައިލި ނަމަވެސް ކޮންމެ ފަހަރަކު ވެސް އިންޑަސްޓްރީ ވަރަށް އަވަހަށް އަލުން ދިރޭ ކަމަށެވެ.

"އެގޮތުން ބަލާއިރު ރާއްޖެއަކީ ވަރަށް ރެޒީލިއެންޓް ގައުމެއް. އެ ދެން އޭގެ އެންމެ ހެޔޮ ފާލަކީ އެނގޭތޯ؟،" ސައީދު ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހަނގުރާމަ ފެށުނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އޭގެ ބަދަލުގައި އިރާނުން ހަމަލާ ދޭން ފެށީ އަވައްޓެރި އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައިވާ ބޭސްތަކަށެވެ. އެގޮތުން ސައުދީ އަރަބިއްޔާ، އޮމާން، ކުވެއިތު، އުރުދުން އަދި ޔޫއޭއީއަށް އިރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox