ޑްރޯންތަކުގެ ތަފުސީލު ދޭން ބާއްވާ 241 ކޮމިޓީގެ ބައްދަލުވުން ސަރުކާރުން އެދިގެން ސިއްރުކޮށްފި

އެމްއެންޑީއެފްގެ ޑްރޯން އިފްތިތާހުކުރިރޭ، ޑްރޯނެއްގެ ކައިރި ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން އަދި ޑިފެންސް މިނިސްޓަރު ގައްސާން - ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފްގެ ޑްރޯން އިފްތިތާހުކުރިރޭ، ޑްރޯނެއްގެ ކައިރި ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން އަދި ޑިފެންސް މިނިސްޓަރު ގައްސާން - ފޮޓޯ: ރައީސް އޮފީސް

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނެސްފައިވާ ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރާ 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން އެ ވުޒާރާއިން އެދުމުން އެގޮތަށް ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ފޮނުވި ސިއްރު ސިޓީއެއް ވަނީ ކޮމިޓީގެ މެންބަރުންނަށް ހުށަހަޅާފައިވެ އެވެ. އަދި އެ ސިޓީގައި ޑްރޯންތަކުގެ މަރުކާ އަދި އުފެއްދި ކުންފުނީގެ ނަން އޮތް ނަމަވެސް އިތުރު މައުލޫމާތު ދެވޭނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައިކަމަށް ބުނެފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.

އެގޮތުން ސިއްރު ބައްދަލުވުމުގައި ދެވޭނެ ކަމަށް ބުނެފައިވާ މައުލޫމާތުގެ ތެރޭގައި ޑްރޯންތައް ގަތް އަގުވެސް ހިމެނޭ ކަމަށްވެ އެވެ. ސިޓީގައިވާ ކަމަށް މުގައްރިރު ވިދާޅުވި މައުލޫމާތު ތަކަކީ ޕަބްލިކް ޑޮމައިންގައި ލިބެންހުރި މައުލޫމާތުތަކެކެވެ.

Advertisement

ޑްރޯންތަކުގެ ތަފުސީލުތައް މަޖިލީހުގެ ތަޅުމުގައި ދޭން ދެކޮޅު ހަދާ، އެ ތަފުސީލުތައް ހާމަކުރައްވާނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް ގައްސާން ވަނީ މާޗު 26 ގައި މަޖިލީހުގައި ހުންނަވާ ވިދާޅުވެފަ އެވެ.

މިނިސްޓަރު އަދި ވުޒާރާއިން ފޮނުވި ސިޓީގައި އެދިފައިވާ ގޮތަށް މި މައްސަލާގައި ދެން ބާއްވާ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ތާއީދުކުރެއްވިއިރު، އެ ހުށަހެޅުން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ހިނގާ މާޗް 15، ގައި ނ. މާފަރުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ތުރުކީގެ ޑްރޯންތައް ފުރަތަމަ ފަހަރަށް ދައްކާލީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރޭގެ ހަފުލާގައި ޖުމްލަ ތިން ޑްރޯނެއް ފެނުނެވެ.

ޑްރޯން ގަތުމުގެ އެއްބަސްވުމާ ގުޅޭގޮތުން "އަދަދު" އިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ އެއްބަސްވުމުގެ އަގަކީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓުކޮށްފަ އެވެ. ސަރުކާރުން ގަނެފައިވަނީ ޑްރޯންތަކަކީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.

ނަމަވެސް ޑްރޯންތައް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ ތަކެތި ކަމަށެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ޑްރޯންތަކުގެ ތެރޭގައި ތުރުކީގެ ހިލޭ އެހީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން ވަނީ މި މުއާމަލާތާ ބެހޭ އެއްވެސް ކަމެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން މި ނޫހުގެ ނޫސްވެރިޔަކު ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ ތަފުސީލުތައް ދޭން ދެކޮޅު ހަދަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި "ސިއްސައިގެންދާވަރުގެ" ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެކަން ރައްޔިތުންގެ މަޖިލީހުން ބަލަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox