ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމް ރަނގަޅުކުރަން ހަވާލުކޮށްފި

Jan 31, 2024, 8:29 AM
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު: ދަނޑުގެ ލައިޓިން މައްސަލަ އަކީ ކޮންމެ ސީޒަަނަކު ދިމާވާ މައްސަލައެއް.--- ފޮޓޯ: އަދަދު

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު: ދަނޑުގެ ލައިޓިން މައްސަލަ އަކީ ކޮންމެ ސީޒަަނަކު ދިމާވާ މައްސަލައެއް.--- ފޮޓޯ: އަދަދު

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން، ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު އެވެ. އަދި ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒުބެއިރު އެވެ.

އެއްބަސްވުމުގައިވާ ގޮތުން، މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ދަނޑުގެ ލައިޓިން މަރާމާތުކޮށް ނިންމައި ހަވާލުކުރަން ޖެހޭނެ އެވެ. މި މަސައްކަތުގެ އަގަކީ 3،985،745.79 (ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި) އެވެ.

މި އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަންކަން ހިމެނެ އެވެ.

ސިވެކް އާއި ސްޕޯޓްސް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ވެތުވެދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނެއްގެ ކޮންމެ ވެސް ހިސާބަކުން ގަލޮޅު ފުޓްބޯޅަ ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ދަނޑުގެ ލައިޓިން މައްސަލަތަކެއް ޖެހި، އެންމެ ފަހުން ރޭގަނޑު މެޗެއް ނުކުޅެވޭ ހާލަތަށް ވަނީ ގޮސްފަ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ހަވީރު ކުޅެން ނިންމި، ސަބަބަކީ، ރޭގަނޑު މެޗުތައް ކުޅެވޭ ވަރަށް ދަނޑުގެ ލައިޓްތަކުގެ އަލި ނެތުމެވެ. މެޗުތައް ފަށާފައި ލައިޓް ނިވިގެން ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ އެކަން ނުވާންް އެދޭތީ އެވެ. އެއީ، މި ފަހުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި، ލައިޓް ނިވިގެން އެ ފަދަ ހާލަތެއް ކުރިމަތިވެފައިވާތީ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށީ ތިން ފަހަރެއްގެ މަތިން ފަސް ކުރުމަށް ފަހު އެވެ. އެ މުބާރާތް ފެށުން ލަސްވާތީ، ދެ ވަނަ ޑިވިޝަނުގެ މެޖޯރިޓީ ކްލަބްތަކުން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ ދަނޑުގެ ލައިޓިން މައްސަލައިގެ ކަންކަން ފާހަގަކޮށްފަ އެވެ.

ގަލޮޅު ދަނޑުގެ ލައިޓްތަކުގެ ހާލަތު ރޭގަނޑު މެޗުތައް ކުޅޭ ވަރަށް ނެތުމާ އެކު، އޭއެފްސީ ކަޕްގައި މި ސީޒަނުގައި، މާޒިޔާ އިން ކުޅުނު ހޯމް ތިން މެޗު ވެސް ފެށީ 3 ޖެހިއިރު އެވެ. އަދި ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ކުޅުނު މެޗު ވެސް ކުޅެން ޖެހުނީ ހަމަ އެ ވަގުތުގަ އެވެ. އެނގިފައިވާ ގޮތުގައި އެ މެޗުތައް ކުޅޭ ވަގުތަށް ބަދަލުގެންނަން ޖެހުނީ ވެސް ލައިޓްތަކުގެ މައްސަލަ ހައްލެއް ނުލިބި އޮތުމުން، އޭއެފްސީ އަށް އެކަން އަންގައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox