އިޒްރޭލު ޕާސްޕޯޓް މަނާކުރަން ލަފާދީ މަޖިލީހުން ފޮނުވި ސިޓީއާމެދު ރައީސް އޮފީހުގެ ޖަވާބެއް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އިޒްރޭލު ޕާސްޕޯޓް މަނާކުރަން މަޖިލީހުން ރައީސަށް ސިޓީ ފޮނުވިތާ 26 ދުވަސް، ސަރުކާރުގެ ޖަވާބެއް ނެތް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : އިޒްރޭލު ޕާސްޕޯޓް މަނާކުރަން މަޖިލީހުން ރައީސަށް ސިޓީ ފޮނުވިތާ 26 ދުވަސް، ސަރުކާރުގެ ޖަވާބެއް ނެތް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެކަމަށް ދޭނެ ޖަވާބެއް ނެތް ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސް އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ "މިވަގުތު ތ ސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް" ކަމަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހާއި ކެބިނެޓާއި ގުޅިގެން ކުރައްވާފައި އޮތް ސުވާލަކަށް ވާތީ މިވަގުތު ތިސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް،" ހަލީލު ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސްއަށް ލަފާ އަރުވަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ އެ ކޮމިޓީގެ ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ނިންމީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ މަޖިލީހުގެ އިދާރާ ކައިރި މުޒާހަރާ ކުރުމުން އެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމައި އެ ސިޓީ މަޖިލީހުން ފޮނުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަހު، ނޮވެމްބަރު 16، ގައި ކަމަށް މަޖިލީހުން ބުނެ އެވެ.

ޑިސެމްބަރު 5، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގެ މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށާއި އެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުހެ ގަރާރެއް، އަޅުގަނޑަށް ދާދި ދެންމެ އަކު މައުލޫމާތު ލިބުނީ އޭޖީ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ނިންމާފަ އޮތް ގަރާރެއް އެބަ އޮތޭ އައިސްފަ، އެހެންވީމަ އެ ގަރާރު ދިރާސާކޮށްފަ، އަޅުގަނޑުމެންނަށް މަޖުބޫރުވާ ކަމެއް ނުވަތަ ކުރަންޖެހޭ ކަމެއް ވެއްޖިއްޔާ ވަގުތުން ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 7،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފާހަގަކުރެވެނީ ރާއްޖެއަށް އިޒްރޭލު ރައްޔިތުން އައުން މަނާކުރަން ގޮވާލާ ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކެވެ. ފަލަސްތީނުގެ ރައްޔިތުން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ ދަތުރުގައި ދިވެހިންނަކީ އަބަދުވެސް އެ ގައުމަށް އެންމެ ތާއީދުކޮށް ހިތްވަރުދޭ އެއް ގައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox