Advertisement

ގަރާރާ މެދު އީވާ އާއި އަފީފު ނިންމުން ގޯސް: އަމީންއާއްމު

12 ނޮވެންބަރު 2023 - 09:20 3

މުހައްމަދު ނަސީމް

މ

Advertisement

މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ގަރާރާ މެދު އީވާ އާއި އަފީފު ނިންމުން ގޯސް: އަމީންއާއްމު

12 ނޮވެންބަރު 2023 - 09:20 3

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމައި، މިއަދު ތާވަލުކުރި ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދިޔައީ ރަނގަޅަށް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު ގަވައިދާ ހިލާފު ކަމަށް، މިއަދުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފު ނިންމެވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމާ ބެހޭ ނުކުތާއަކަށް ރިއާޔަތްކުރައްވައިގެންނެވެ.

Advertisement

އާޒިމު ނެންގެވި ނުކުތާ ރަނގަޅު ކަމަށް ކަނޑައަަޅުއްވައި އަފީފު ވިދާޅުވީ އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވީ އެވެ.

މިއަދުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު އަފީފާ ހަވާލުކުރީ ނައިބުރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައި ވާތީ ކަމަށް އެ ޖަލްސާ ފެށިއިރު އަމީން އާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވި އެވެ. އެހެން ނަމަވެސް މިއަދު ކުއްލި ގޮތަކަށް ތާވަލުކުރި ދެވަނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ ވަޑައިގެންނެވި އެވެ. އެ ޖަލްސާ ފެށްޓެވުމަށް ފަހު އީވާ ވިދާޅުވީ ގަރާރާ މެދު އަފީފު ނިންމެވި ނިންމެވުން އެގޮތަށް އޮތުމުން އޭގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"މިއަދުގެ ދެވަނަ ޖަލްސާ ތާވަލުކުރެއްވީ ފުރަތަމަ ޖަލްސާގައި އަފީފު ނިންމެވި ނިންމެވުން ގޯސް ކަމަށް ސެކްރެޓޭރިއަޓުން ދެކޭތީތޯ" "އަދަދު"ން ސުވާލުކުރުމުން އަމީން އާއްމު ނިއުޝާ ވިދާޅުވީ، ދެވަނަ ޖަލްސާ ތާވަލުކުރީ އެހެންވެ ކަމަށެވެ.

Advertisement

ގަރާރު ބޭރުކުރީ ހުކުމަށް ބަލައިގެން، ލަފާ ހޯދާކަށް ނުޖެހޭ: އަފީފް

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފު ވިދާޅުވީ ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމެވީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މަޖިލީހުގެ ގަވާއިދުގެ "އެހެން މާއްދާތަކަށް" ބަލައިގެން ކަމަށް.

ގަރާރު ބޭރުކުރީ ހުކުމަށް ބަލައިގެން، ލަފާ ހޯދާކަށް ނުޖެހޭ: އަފީފް

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފު ވިދާޅުވީ ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމެވީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މަޖިލީހުގެ ގަވާއިދުގެ "އެހެން މާއްދާތަކަށް" ބަލައިގެން ކަމަށް.

މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވި ގޮތުގައި ދެވަނަ ޖަލްސާގައި ނައިބު ރައީސް އީވާ ނިންމެވި ނިންމެވުމާ މެދުގައި ވެސް އިދާރާއިން ދެކެނީ ހަމަ އެގޮތަށެވެ. ފުރަތަމަ ޖަލްސާގައި އަފީފު އެގޮތަށް ނިންމެވީ އެގޮތަށް ނުނިންމަވަން އަމީންއާއްމު ލަފާ ދެއްވާފައި ވަނިކޮށް ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

""އިދާރާއިން ދެކެނީ މައްސަލަ އެގޮތަށް ރިޔާސަތަށް ބޭރު ނުކުރެވޭނެ ކަމަށް،"ޒިޔާއު ވިދާޅުވި އެވެ.

އެގޮތަށް ނިންމެވި އިރު ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފާ ހޯއްދެވިންތޯ، "އަދަދު" އިން ސުވާލުކުރުމުން މެމްބަރު އަފީފު ވިދާޅުވީ އެކަމުގައި ލަފާ ހޯއްދަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގަރާރު ގަވައިދާ ހިލާފުކަން ގަވައިދަށް ބެލީމާ އެނގިވަޑައިގަންނަވާތީ އެވެ.

Advertisement

33.33%

0.00%

66.67%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ްއެެ23ެ12

over 1 year ago

ކޮބާހޭ މިނޫހުގެ ދޮންއަމާ

ޗަކުންޗަން

over 1 year ago

ހިތްވަރުގަދަ ކަނބަލެއް މި އަމީން އާންމަކީ. ހުރިހާ ކަމެއްގެ މެދުގައި ފިތިގެން އިގެވެސް ވަރަށް ހިތްވަރުކުރޭއެބަ ހަމަ މަގަށް ދެވޭތޯ.

ހެން

over 1 year ago

ފިލްޒާއަށް ދޭހަވެވަޑައިގެންފި ކަމަށް އުންމީދުކުރަން މި ބޭބޭފުޅުންގެ ވާހަކަ އަޑު އެއްސެވީމަ ވާގޮތް.