ޒުވާން ތަރި އިލާން މި ފަހަރު ޖެހީ ހަ މެޗުން 38 ގޯލު!

Mar 13, 2023, 1:52 AM
15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގޯލު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން

15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގޯލު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، އިސްކަންދަރު ސްކޫލުން ރޭ އެފްއޭއެމް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 13 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާން، ހަ މެޗުން 38 ގޯލު ޖަހައިފި އެވެ.

މިއާ އެކު އިލާން މި ވަނީ އެންމެ ފަހުން ގަލޮޅު ދަނޑުގައި އޭނާ ކުޅުނު ދެ މުބާރާުތުގައި ޖުމްލަ އެކު، 14 މެޗުން 73 ގޯލު ޖަހައިފަ އެވެ. އެއީ މިދިޔަ އަހަރު، ނޮވެމްބަރު މަހު ކުރިއަށްދިޔަ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ކްލަބް ވެލެންސިއާ އަށް ކުޅެދިން އަށް މެޗުން ޖެހި 35 ގޯލު ހިމަނައިގެންނެވެ.

މިއީ، ޔޫތު ލެވަލްގައި ބަލާނަމަ ރާއްޖޭގައި އެންމެ ރަނގަޅު ސްކޯރިން ރެކޯޑެވެ.

ސްޓްރައިކަރަކަށް ކުޅެ، ފުޓްބޯޅައިން ކުރިއަށް ދިއުމުގެ ހާއްސަ ހުވެފެނެއް ދެކިގެން ކުރިއެރުން ހޯދަމުން އަންނަ އިލާން، މި ފަހަރުގެ 15 އަހަރުން ދަށުގެ އިންޓަ ސްކޫލްގައި ޖެހި ގޯލުތަކުގެ ތަފްސީލަށް ބަލާއިރު، އަމީނިއްޔާ ސްކޫލް ކޮޅަށް 13 ގޯލު، ގިޔާސުއްދީން ކޮޅަށް ހަތަރު ގޯލު، ބިލަބޮން ކޮޅަށް އަށް ގޯލު، އިމާދުއްދީން ކޮޅަށް ދެ ގޯލު، ރެހެންދި ސްކޫލް ކޮޅަށް ހަ ގޯލު އަދި ރޭ ފައިނަލުގައި ކަލާފާނު ކޮޅަށް ފަސް ގޯލު ހިމެނެ އެވެ.

އިލާން ވަނީ މި ފަހަރު އިންޓަ ސްކޫލް މުބާރާތުގައި ޖުމްލަ އެކު، 10 ހެޓްރިކް ހަދައިފަ އެވެ.

އުމުރުން ހަތް އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި އިލާންގެ އެންމެ ބޮޑު ސަޕޯޓަކީ މަންމަ އާއި ބައްޕަ ކަމަށް، މިދިޔަ އަހަރު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

އިލާންގެ ކެރިއަރުގައި އެންމެ ހާއްސަ އެއް ކޯޗަކީ، އިސްކަންދަރު ޓީމަށް މި ފަހަރު ޔޫތު މުބާރާތް ކާމިޔާބު ކޮށްދޭން އިރުޝާދުދިން ކޯޗު، ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

ޔޫތު ލެވަލްގައި، އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އިން ފެށުމަށް ފަހު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްގައި ވެސް ކުޅެ، ފަހުން ވެލެންސިއާގައި ވެސް ކުރިއެރުން ހޯދި އިލާން ވަނީ ލިބޭ ފުރުސަތުތަަކުގައި ރާއްޖޭން ބޭރުން ވެސް ފުޓްބޯޅައިގެ މުހިންމު ކަންކަން ދަސްކުރަމުންނެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ ޑިސެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ޕްރެކްޓިސް ކުރިއިރު، އިލާން އަށް ވަނީ ޓީމާ އެކު ޕްރެކްޓިސް ކުރަން ފުރުސަތު ދީފަ އެވެ. މިއީ މުސްތަގުބަލަށް ބަލައި ނެގި މުހިންމު ފިޔަވަޅެއް ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އޭރު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox