ރެފްރީ އަށް ހަމަލާދިން ހާދިސާ: ގައުމީ ޓީމުގެ ނޫމާން ދެއްކި ނަމޫނާ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ނޫމާން: އިންޓަ ސްކޫލް މެޗުގައި ހަމަނުޖެހުން ހިނގި ވަގުތު ރެފްރީގެ ހިމާޔަތުގައި މުހިންމު ދައުރެއް އަދާކުރި.--- ފޮޓޯ: އަދަދު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ނޫމާން: އިންޓަ ސްކޫލް މެޗުގައި ހަމަނުޖެހުން ހިނގި ވަގުތު ރެފްރީގެ ހިމާޔަތުގައި މުހިންމު ދައުރެއް އަދާކުރި.--- ފޮޓޯ: އަދަދު

އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށް ފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިންނާއި ކުޅުންތެރިން ހިމެނޭ ގޮތަށް މާރާމާރީ ހިންގައި, ރެފްރީ އަށް ހަމަލާދިން ވަގުތު ރެފްރީގެ ދިފާއުގައި ނުކުމެ އޭނާ އަށް އަނިޔާއެއް ލިބުނަ ނުދޭން ގައުމީ ޓީމުގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓު) ނުކުމެ ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހު، ގުރައިދޫގެ ކުޅުންތެރިންގެ ބެލެނިވެރިންގެ ތެރެއިން ބަޔަކާއި ކުޅުންތެރިން ރެފްރީއާ ދިމާކޮށްލީ މި މެޗުގައި ރެފްރީ ނިންމި ނިންމުންތައް ގޯސްކަމަށް ބުނެ އެވެ. އެންމެން ރެފްރީ ފަހައި ވަނީ ދުވެފަ އޭނާ އަށް ހަމާލާ ދިން ވަގުތު ރެފްރީގެ ކުރިމައްޗަށް އަރައި އޭނާ ދިފާއުކުރަން ނިކުތީ ނޫމާން އެވެ.

Advertisement

ކ.ގުރައިދޫ އަށް އުފަން ނޫމާން، "އަދަދު" އަށް ބުނީ އަމިއްލަ ރަށުގެ މީހުންނާ ދެކޮޅަށް ނުކުމެ ރެފްރީ ސަލަމާތްކުރަން ނިންމީ މިއީ އެއްވެސް ގޮތަކަށް ހިނގަންޖެހޭނެ ވަރުގެ ކަމެއް ނޫން ކަމަށްވާތީ އެވެ. އޭނާ ބުނާ ގޮތުން ސްކޫލް މުބާރާތެއްގައި ވިޔަސް އެހެން މުބާރާތެއްގައި ވިޔަސް ރެފްރީންނަށް ހަމަލާ ދިނުމަކީ މައްސަލައިގެ ހައްލު ކަމުގައި ގަބޫލުކުރެވިގެން ނުވާނެ އެވެ.

"މެޗު ނިންމާފައި ރެފްރީ އަށް ހަމަލާ ދިނުމަކީ ހައްލެއް ނޫން. ރެފްރީގައި ޖެހިޔަސް މެޗަކުން އެ ސްކޫލް (ގުރައިދޫ) މޮޅެއް ނުވޭ. އެހެންވީމާ، އެކަންކޮށްގެން ހަމަ ރަށަށް ހުތުރު ނަން ލިބޭނީވެސް" މި ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވި ނޫމާން ބުންޏެވެ.

ނޫމާން ބުނީ ސްކޫލް މުބާރާތެއްގައި މިކަހަލަ ކަމެއް ރަށުގެ ގިނަ ބަޔަކު ހިއްސާވާ ގޮތަށް ކުރުމަކީ ވަރަށް ގޯސްކަމެއް ކަމަށާއި، އޭނާ އެކަން ކުށްވެރިކުރާ ކަމަށެވެ. ރެފްރީގެ ދިފާއުގައި އޭނާ ނުކުތީ ފުޓްބޯޅައިގެ މަސްލަހަތަށް ބަލާފައި ކަމަށާއި، އެ ވަގުތު ރަށު މީހުން ގާތު ރެފްރީއަށް ހަމަލާ ނުދޭން އޭނާ ބުނި ކަމަށެވެ. ނަމަވެސް އެންމެން ދުއްވައިގަތުމުން ރެފްރީ އާއި އެ އެންމެންގެ ދެމެދަށް ވަނުން ނޫން ގޮތެއް ނެތް ކަމަށް ނޫމާން ބުނެފައިވެ އެވެ.

ރެފްރީ ކުރިމަތީގައި ހުރި ވަގުތު ނޫމާންގެ ގައިގައިވެސް ބައެއް މީހުން ރެފްރީއަށް އަމާޒުކުރި ހަމަލާތައް އެރި އެވެ. އެ ވަގުތު ވިސްނުންތެރިކަމާ އެކު ރެފްރީ ދިފާއުކޮށް ސިޑި ދަށަށް ވަދެވެން އެންމެ ގާތުގައި ހުރި ދޮރުން ވަދެ ނޫމާން ރެފްރީ ވެއްދީ ރެފްރީސް ރޫމަށެވެ. ރެފްރީ ރޫމަށް މެޗުގެ ރެފްރީ ލުމަށް ފަހު ދޮރު ބޭރުގައި އެހެން މީހުންނަށް އެހިސާބަށް ނާދެވޭ ގޮތަށް މަޑުކޮށްލައިގެން ވެސް ނޫމާން ހުއްޓެވެ.

އަމިއްލަ ރަށުގެ މީހުން ކުރިކަމެއް ވިޔަސް އެފަދަ ކަމަކާ ދެކޮޅަށް ނުކުމެ ނޫމާން ދެއްކި ނަމޫނާ އަށް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ނޫމާން ނެތް ނަމަ ރެފްރީއަށް ބޮޑު އަނިޔާއެއް ލިބުން ގާތްކަމަށް ވެސް ގިނަ ބަޔަކު ޕޯސްޓް ތަކުގައި ލިޔެފައިވެ އެވެ.

ގައުމީ ޓީމް ކުޅޭ މެޗުތަކާއި، ކުލަބު ލެވެލްގެ އެކި މެޗުތަކުގައި ރެފްރީންގެ ދިދާއުގައި ދަނޑު ބޭރުގައި ފުލުހުން ތިބެ އެވެ. ސަޕޯޓަރުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. އެކަމަކު، އިންޓަ ސްކޫލްގެ ފޯރިގަދަ މި މެޗުގައި ފުލުހުން އެ ވަގުތު އެތަނުގައި ނެތުމުން ރެފްރީއަށް ލިބެން ޖެހޭ އެންމެ ރަނގަޅު ރައްކާތެރި ކަމެއް ނުލިބެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން އެ މައްސަލަ ބަލާނެކަމަށް އެފްއޭއެމުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އެދިވަޑައިގެންފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހިނގާދިޔަ އެ ހަމަނުޖެހުން ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox