Advertisement

ހިލަ އުފުލާ ބާޖެއް ވާވެއްދި ފަރަށް އެރުމުން 100 މިލިއަނުން ޖޫރިމަނާ ކޮށްފި

25 ޖަނަވަރީ 2023 - 11:29 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ހިލަ އުފުލާ ބާޖެއް ވާވެއްދި ފަރަށް އެރުމުން 100 މިލިއަނުން ޖޫރިމަނާ ކޮށްފި

25 ޖަނަވަރީ 2023 - 11:29 0

ހިލަ އެތެރެކުރުމަށް ބޭނުންކުރަމުން އަންނަ ބާޖެއް ކ. އަތޮޅު ތިލަފުއްޓާއި ދާދި ކައިރީގައި އޮންނަ ވާވެއްދި ފަރަށް އަރައި ލިބުނު ގެއްލުމުގެ ބަދަލުގައި 100 މިލިއަން ރުފިޔާއިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.

މި ބާޖަކީ "އެމްއެމް އެކްސްޕޯޓް" ނަމަކަށް ކިޔާ އިންޑިއާގެ ކުންފުންޏަކަށް ހިލަ އެތެރެކުރާ ބާޖެކެވެ. އެ ކުންފުންޏަކީ އެމްޓީސީއަށް ވެސް ހިލަ ސަޕްލައިކޮށްދޭ ކުންފުންޏެކެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފަރަށް އަރާފައި ވަނީ އޭއެމް އާގަމްް އަދި އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ބާޖަކާއި ޓަގެއް ކަމަށެވެ. މި އުޅަނދުތައް ވާވެއްދި ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު އެވެ.

އުޅަނދުތައް ފުންކުރެވުނު އިރު ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 100 މިލިއަން ރުފިޔާާ ދެއްކުމަށް އީޕީއޭއިން ވަނީ އެ އުޅަނދުތަކުގެ ވެރިފަރާތް ދި މިޑްލްއީސްޓް މެރިން އެލްއެލްސީއަށް އަންގާފަ އެވެ.

ފަރަށް އެރި ސަރަހައްދުގައި އީޕީއޭއިން ކުރި ސާވޭއަކުން އެނގިފައި ވަނީ އެކަމުގެ ސަބަބުން އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މި ގެއްލުމުގެ އަސްލު އަގަކީ 148,381,500ރ. ނަމަވެސް ގާނޫނުގައި މިފަދަ މައްސަލަތަކާއި ގުޅިގެން ޖޫރިމަނާކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަންް ރުފިޔާ ކަމަށް ވުމުންް އެ އަދަދަށް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް މި އުޅަނދުތައް ވަނީ ތިން ފަހަރެއްގެ މަތިން ރާއްޖޭގެ އެކި ހިސާަބުތަކަށް ފަރަށް އަރާފަ އެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން ބޮޑެތި އަދަދުތަކުންް ޖޫރިމަނާ ވެސް ކުރި އެވެ.