އާ ރޭޓުތަކުގައި ގްރީން ޓެކްސް ނަގާނީ އަންނަ އަހަރުން ފެށިގެން

ކ. ތުލުސްދޫގައި ޓޫރިސްޓުންތަކެއް: ޓޫރިޒަމް ގާނޫނު އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ބޮޑެތި ހޮޓާތަކުން ހަ ޑޮލަރު ރޭޓުގައި ޓެކްސް ނަގަން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކ. ތުލުސްދޫގައި ޓޫރިސްޓުންތަކެއް: ޓޫރިޒަމް ގާނޫނު އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ބޮޑެތި ހޮޓާތަކުން ހަ ޑޮލަރު ރޭޓުގައި ޓެކްސް ނަގަން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެންމެ ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައަޅާފައިވާ ރޭޓުތަކުގައި އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާ ގޮތަށް ޓޫރިޒަމް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގަ މަޖިލިހަށް ބިލު ވައްދައިފި އެވެ.

ގްރީން ޓެކްސްއާ ގުޅިގެން ހާއްސަ އިސްލާހެއް މަޖިލީހަށް ހުށަހަޅަން ޖެހުނީ މިދިޔަ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ގްރީން ޓެކްސް ނެގޭނީ ވަކި ތާރީހެއްގައި ކަމަށް ބަޔާންކުރާތީ އެހާތަނަށް ގްރީން ޓެކްސް ނުނެގޭ މައްސަލަ ފެންމަތިވުމުންނެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ވިޔަފާރިތަކަށް ލަފާދޭ ގާނޫނީ ބޭފުޅުންނެވެ. އޭރުން ފެށިގެން ސަރުކާރުން ވަނީ މިކަން ހައްލުކުރަން ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތުމާ ގުޅިގެން، އެ ބިލު ފޮނުވުނީ އަދި ކިރިޔާ އެވެ.

ސަރުކާރުން ގާނޫނު އިސްލާހުކުރަން ހުށަހަޅަނީ، މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ބަޔާންކުރާ ރޭޓުތަކުގައި އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނަގާ ގޮތަށެވެ. އެހާތަނަށް ޓެކްސް ނަގާނީ ކުރިން ޓެކްސް ނަގަމުން އައި ރޭޓުތަކުގައި، ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުން ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ހަ ޑޮލަރު މަގުން އަދި ގެސްޓްހައުސްތަކުން ތިން ޑޮލަރު މަގުންނެވެ.

އަންނަ އަހަރުން ފެށިގެން އަންނަ ހަމައެކަނި ބަދަލަކީ މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ ގެސްޓްހައުސްއެއް ވިޔަސް 50 ކޮޓަރިއަށް ވުރެ ގިނަ ނަމަ އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ނެގުމެވެ. ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ގްރީން ޓެކްސްއާ ގުޅޭ ކަންކަން ހިމެނީ ވެސް މި ރޭޓުގައި ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ.

ގާނޫނު ތަސްދީގުކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން ވަނީ މި ޓެކްސް ނަގަން ޓޫރިސްޓުން އައިސް ތިބޭ ހުރިހާ ތަނަކަށް އަންގާފަ އެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައި އިސްލާހުގައި ވެސް ވަނީ އެއްވެސް ޓޫރިސްޓެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާފައިވާ ފައިސާ އެ ބަޔަކަށް ރައްދުނުކުރާ ނަމަ، އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox