ހިއްކޭނެ ތަންތަނާއި ނުހިއްކޭނެ ތަންތަން ދުރާލާ ކަނޑައަޅަން ޖެހޭ: އީޕީއޭ

ހއ. ހޯރަފުށީގައި ބިންހިއްކައިގެން ހެދި އެއާޕޯޓަށް ރާޅު އަރައި ފެންބޮޑުވެފައި. އީޕީއޭއިން ބުނީ ހިއްކަންވާ ތަންތަނާއި ނުހިއްކަންވާ ތަންތަން އޮންނަން ވާނީ ކަނޑައެޅިފައި ކަމަށް.

ހއ. ހޯރަފުށީގައި ބިންހިއްކައިގެން ހެދި އެއާޕޯޓަށް ރާޅު އަރައި ފެންބޮޑުވެފައި. އީޕީއޭއިން ބުނީ ހިއްކަންވާ ތަންތަނާއި ނުހިއްކަންވާ ތަންތަން އޮންނަން ވާނީ ކަނޑައެޅިފައި ކަމަށް.

ހިއްކޭނެ ތަންތަނާއި ނުހިއްކޭނެ ތަންތަން، އަދި ސިނާއީ އެހެނިހެން މަސައްކަތްތައް ކުރެވޭނެ ތަންތަނާއި ނުކުރެވޭ ތަންތަން ކަނޑައަޅައި "ސްޕޭޝަލް ޕްލޭނެއް" ދުރާލައި ހަދާފައި އޮތުމަކީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އީޕީއޭގެ ޑިރެކްޓަތް ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ވަކި ތަނެއްގައި ހިންގުމާއި މެދު، ގޮތް ނިންމުމުގައި ތިމާވެށީގެ ގޮތުން ލަފައެއް ދިނުމުގެ ފުރުސަތު ނޯންނަ ކަމަށެވެ. އޭގެ ބަދަލުގައި ތިމާވެށީގެ ގޮތުން، އީޕީއޭގެ ލަފައެއް ހޯދަނީ މަޝްރޫއު ހިންގަން ބަޔަކާ ހަވާލު ވެސް ކުރާ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނޯންނަނީ ސްޓްރެޓެޖިކް އެސެސްމެންޓް އެކިޔާ މަރުހަލާތައް ނޯންނާތީ. ވަރަށް ކުރުކުރު، ކުރުރާސްތާ ވިސްނުމެއްގައި މަސައްކަތްކުރަމުން ދަނީ. ދުރު ރާސްތާ ވިސްނުމަށް މަސައްކަތްކުރުމެއް ނުއެއް އޮވޭ. ސްޕޭޝަލް ޕްލޭނެއް ނޯވޭ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ގައުމީ ތަރައްގީގެ ޕްލޭނެއް އޮތް ނަމަވެސް މަސައްކަތައް ކުރިއަށް ގެންދަނީ އެ ޕްލޭނާ ވެސް އެއްގޮތަކަށް ނޫން ކަމަށެވެ. މަސައްކަތްތައް ކުރަނީ "އެފަދަ ޕްލޭނެއް ނެތޭ" ބުނެވޭ ފަދަ ގޮތަކަށް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. މަސައްކަތްތައް ކުރަމުން އަންނަނީ އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާހާ ގޮތަކަށް ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

"އެހެންވީމާ ފުރަތަމަ އެންމެ މުހިއްމު ކަމަކީ ހަގީގަތުގައި ރަނގަޅަށް ކަންކަން ކުރަން ބޭނުމިއްޔާ، މުޅި ގައުމު ޕްލޭންކޮށްލަން ޖެހޭނެ. ސްޕޭޝަލް ޕްލޭނެއްގެ ދަށުން. އޭރުން އެނގޭނެ [ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް] ރިސޯޓްތައް ހަދަންވާ ތަންތަނާއި ހިއްކަންވާ ތަންތަނާއި ނުހިއްކަންވާ ތަންތަނާ، ބޮޑެތި ބަނދަރުތައް ހަދަންވީ ތަންތަނާ އެއާޕޯޓް ހަދަންވީ ތަންތަނާ ހުންނަން ވާނީ އެނގިފައި،" ނައީމް ވިދާޅުވި އެވެ.

ރާއްޖޭގައި އެކި ސަރުކާރުތަކުން ހިންގި ތަރައްގީގެ ބައެއް މަޝްރޫއުތަކަކީ ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކުރި މަސައްކަތްތަކެއް ކަމަށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކުން އަބަދު ވެސް ތުހުމަތުކުރެ އެވެ. އެންމެ ފަހުން ޖަމިއްޔާތަކުން އެފަަދަ ކަންބޮޑުވުމެއް ފާޅުކުރީ އައްޑޫގައި ބިން ހިއްކައިގެން ހިންގަން އުޅޭ މަޝްރޫއަކާ މެދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox