ޕީޕީއެމްގެ މުޒާހަރާގައި ބައިވެރިވި 11 މީހަކު ފުލުހުން ހައްޔަރުކޮށްފި

އިދިކޮޅުން މިއަދު ކުރިޔަށްގެންދިޔަ މުޒާހަރާ: އެ މުޒާހަރާގެ ތެރެއިން ޖުމްލަ 11 މީހަކު ފުލުހުން ހައްޔަރުކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅުން މިއަދު ކުރިޔަށްގެންދިޔަ މުޒާހަރާ: އެ މުޒާހަރާގެ ތެރެއިން ޖުމްލަ 11 މީހަކު ފުލުހުން ހައްޔަރުކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވެރި ރަށް މާލޭގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރި 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާ ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާގައި ހައްޔަރު ކުރި އެންމެން ވެސް ހައްޔަރު ކުރީ "ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުން" ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. މުޒާހަރާގެ ބައިވެރިންނާއެކު އެ ދެ ބޭފުޅުން މިހާރު ފުލުހުންގެ ބަންދު މަރުކަޒު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

މުޒާހަރާ ކުރުން ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން ކުރިން އިންޒާރު ދީފައި އޮއްވާ ބޭއްވި އެ އެއްވުން ހަވީރު 4:00 ފެށިގެން ތިން ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ އެވެ. ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކައިރިން ހިނގާފައި ނިކުމެ ކާނިވާ ސަރަހައްދާ ހަމައަށް މުޒާހަރާގެ ބައިވެރިން ދިޔަ އެވެ. ފުލުހުން މުޒާހަރާގެ ބައިވެރިން ފުލުހުން ހުއްޓުވީ އެހިސާބުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތް ކުރިއަށްގެންދަވަނީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ނަމަވެސް މިއަދުގެ ހަރަކާތުން އެމަނިކުފާނު ފެނިވަޑައެއްނުގަންނަވަ އެވެ. "ނޭވާ ހޮޅިއަށް" މުޒާހަރާ މިއަދު ލީޑް ކުރެއްވީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މުޒާހަރާ ފެށީ އިދިކޮޅު ލީޑާޝިޕުގެ ބައެއް ބައިވެރިން ޕީޕީއެމް ޖަގަހައިން ނިކުމެގެން ބޮޑުތަކުރުފާނު މަގުން އުތުރަށް ހިނގައިގަތުމާއެކުގަ އެވެ. އޭގެ ތެރޭގައި އަބްދުއްރަހީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެންމެ ކުރީ ސަފުގައި ތިއްބެވި އެވެ.

މުޒާހަރާ ފެށުމަށް އިދިކޮޅު ލީޑަރުން ނިކުންނަވަނީ. މުޒާހަރާގެ ތެރެއިން ދެ ފަހަރެއްގެ މަތިން ހަމަނުޖެހުން ވަނީ ހިންގައިފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މުޒާހަރާ ފެށުމަށް އިދިކޮޅު ލީޑަރުން ނިކުންނަވަނީ. މުޒާހަރާގެ ތެރެއިން ދެ ފަހަރެއްގެ މަތިން ހަމަނުޖެހުން ވަނީ ހިންގައިފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުޒާހަރާ ފެށުމަށް އިދިކޮޅު ލީޑަރުން ނިކުންނަވަނީ. މުޒާހަރާގެ ތެރެއިން ދެ ފަހަރެއްގެ މަތިން ހަމަނުޖެހުން ވަނީ ހިންގައިފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުޒާހަރާގެ ބައިވެރިން އެބޭފުޅުންގެ ފަހަތުން ދިޔައީ "އިންޑިއާ އައުޓް" ޝިއާރުތައް ހަރު އަޑުން ގޮވަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ފަހަނައަޅައި ދިޔުމަށްފަހު ދިޔައީ ކާނިވަލާ ދިމާލަށެވެ.

"އިންޑިއާ އައުޓް، އިންޑިއާ ސިފައިންނަށް މިތާކު ނުތިބެވޭނެ. މިއީ ދިވެހި ފަސްގަނޑު،" މުޒާހަރާގެ ބައިވެރިޔަކު ދިޔައީ ގޮވަމުންނެވެ.

ކާނިވާ ކައިރިން ފުލުހުންގެ ސަފުތައް ފޫއަޅުވަން އުޅުމުގެ ތެރޭ ހަމަނުޖެހުންތަކެއް ހިނގައިދިޔަތަން ފެނުނެވެ. މުޒާހަރާގައި އެވަގުތު ތިބި މީހުންގެ ތެރެއިން 40 އަކަށް މީހުން ފުލުހުންގެ ސަފުތައް ދޭތެރެއިން ދެމިގަތެވެ. އޭގެ ތެރޭގައި މެމްބަރު ގައްސާނާއި މެމްބަރު ސައީދު ހިމެނެ އެވެ.

އެމީހުން އަނެއްކާ ވެސް ހިނގަން ފެށީ ބޮޑުތަކުރުފާނު މަގުން ރައީސް އޮފީހާ ދިމާލަށެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް މަސްވެރިންގެ ޕާކު ކައިރިން ފުލުހުންގެ ސަފެއް އަނެއްކާ ވެސް ވަނީ އެމީހުން ހުއްޓުވާފަ އެވެ.

އެތަނުން އިތުރަށް ކުރިޔަށް ނުދެވުމުން، މުޒާހަރާގެ ބައިވެރިން ވަނީ އެތަނުގެ ބިންމަތީގައި އިށީނދެފަ އެވެ. އަދި އިށީނދެ ތިބެގެން ވެސް ދިޔައީ އިންޑިއާ އައުޓް ޝިއާރުތައް ބޭނުންކުރަމުންނެވެ. އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރަށް ދިޔުމަށް ފުލުހުން އޭރު ވެސް ދިޔައީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

އޭގެ ފަހުން މަގުމަތީގައި އިށީނދެގެން ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަހަރަކު މީހަކު ފުލުހުން ބާރުގެ ބޭނުންކޮށްގެން ގެންދިޔަ އެވެ. އެގޮތުން ޅ. ނައިފަރު ކައުންސިލަރަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މެމްބަރު ސައީދާއި ގައްސާން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެތަނުގައި އިށީނދެގެން ތިއްބަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox