މަރުގެ ހުކުމާއި ރޭވުންތައް؛ ހަމަލާއަށް އޮޕަރޭޓްކުރި ސެލް!

ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން: ހަމަލާ ރާވައި ހިންގަން ހަރަދުކުރީ ވެސް މި މީހުން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނޭ.

ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން: ހަމަލާ ރާވައި ހިންގަން ހަރަދުކުރީ ވެސް މި މީހުން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނޭ.

ދީނީ ފިކުރުގެ ތަފާތުވުންތަކުގައި ރުޅި އާއި ނަފްރަތާއި އަދާވާތްތެރި ކަމެވެ; ދެން ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ "ހުކުމެ"ވެ. ހައްދުފަހަނައެޅި ސެލް ލީޑަރުގެ ރޭވުންތަކުގެ މަތީގައި ހަމަލާ ކާމިޔާބުވަންދެން ތިން އަހަރެވެ. އެކަމަށް ސެލްއަށް މީހުން ވައްދައި ނަޝީދު މަރާލަން ޖެހޭ ކަމަށް ވިސްނައިދީ އިރުޝާދުދިނީ އެވެ. އެންމެ ފަހުން ނިންމީ އަމިއްލަ އަށް މަރުވެގެން ވެސް ނަޝީދުގެ ފުރާނަ ނަގާލާށެވެ.

އެކަމަށް ތައްޔާރުކުރި ބޮން ގޮއްވައިލި އަހްމަދު އަދުހަމެވެ.

ތިން ވަނަ ފަހަރުން ނަޝީދަށް މަރުގެ އެތިފަހަރެއް ދެވުނު އިރު މިއިން ކޮންމެ ފަހަރަކު ވެސް ހަމަލާ ރޭވީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ގޮތަށެވެ. ފުރަތަމަ މ. ޔާގޫތު ގެ ކައިރީގަ އެވެ. ބޮން ހަރުކުރި ސައިކަލް ތިން ދުވަސް ވަންދެން އެތަނުގައި ބަހައްޓައިގެން ފާރަލައިގެން ވެސް ކާމިޔާބު ނުވީ އެވެ. ދެ ވަނަ ފަހަރަށް ބޮމެއް ގޮއްވާލަން އުޅުނީ، ނަޝީދު ކަސްރަތަށް ނުކުމެވަޑައިގަންނަވާ ވަގުތާ ދިމާކޮށް މޭރީ ބްރައުން ކައިރީގަ އެވެ. އެ ފަހަރު ނުވުމުން މާ ރޭވުންތެރިކޮށް, ބޮން ހަދައި ގޮއްވާލީ ކާރުބާރުބޮޑު މަޖީދީމަގަށްވާ ގޮތަށެވެ.

ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ތަފްސީލް މައުލޫމާތުތައް ފުލުހުން ފުރަތަމަ ފަހަރަށް ރޭ ވަނީ އާއްމުކޮށްފަ އެވެ. ސެލް އޮޕަރޭޓް ކުރި ގޮތެވެ. އިސްކޮށް އުޅުނު މީހުންނެވެ. އެ ހަމަލާއަށް މީހުން ސިކުނޑި ދޮވެލި ގޮތެވެ. ރޭވުންތަކާއި ބޮންތައް ގޮއްވާލަން ކުރި މަސައްކަތްތަކެވެ. އެތައް ބައެއްގެ ފުރާނަ ނަގާލައިގެން ވެސް އެ މީހުންގެ މަގްސަދު ހާސިލްކުރަން އުޅުނު ގޮތެވެ. އޭގެ ފަހުން އެކަކު އަނެކަކަށް ވާގިވެރިވެ ފިލައި ތިބެން ކުރި މަސައްކަތެވެ.

ތަހުގީގުގެ މިހާތަނަށް ފުލުހުންގެ ހޯދުންތަކުން ހާމަވާން އޮތީ ފިތްކަނޑައިގެންދާހާ ބިރުވެރި ކަންކަމެވެ. ހައްދުފަހަނައެޅި ފިކުރުގައި ރާއްޖެ ވެއްޓިފައި އޮތް ނުރައްކަލެވެ. ފިކުރު ދިމާނުވާ މީހުން ކުފުރުވެއްޖެ ކަމަށް ކަނޑައަޅައި މަރާލަން ހުކުމް ނެރެ ފާޅުގައި ކުރާ މަސައްކަތެވެ.

ނަޝީދު މަރާލަން ވިސްނައިދީ އިރުޝާދު ދިނީ ތަސްލީމް

ފުލުހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނަޝީދު މަރާލަން ރާވަން ފެށީ 2019ގަ އެވެ. އެމަނިކުފާނު މަރާލަން ޖެހިފައިވާ ކަމަށް ވިސްނައިދީ އިރުޝާދު ދީ އެކަމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ. އޭނާއަކީ ހައްދުފަހަނާއެޅި ފިކުރުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ރެކޯޑު އޮތް މީހެއް ކަން ފުލުހުންގެ މައުލޫމާތުން އެނގެ އެވެ.

މާލޭގެ އަމިއްލަ އޮފީހެއްގެ ތެރޭގައި ބޮމެއް ހަދަން އިންދައި އެޕްރީލް 2017 ގައި އޭނާ ހައްޔަރު ވެސް ކުރި އެވެ. ތަހުގީގު ނިންމައި ޓެރަރިޒަމްގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވިޔަސް އޭނާ ހުރީ ދޫވެފަ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވީ ކޯޓު މަރުހަލާގެ ތެރޭގައި އޭނާ ބަންދުން ދޫކޮށްލީ އޮކްޓޯބަރު, 2018 ގައި ކަމަށެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް މައްސަލަ ނުނިމި ދެ އަހަރުވެފައިވާ ކަމަށް ކޮމިޝަނަރުގެ ވާހަކަތަކުން އެނގެ އެވެ.

"މުހައްމަދު ތަސްލީމަކީ, ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ނަޝީދަކީ މަރާލަން ޖެހިފައިވާ މީހެއް ކަމަށް ކަނޑައަަޅައި އެކަމަށް ވަކާލާތުކޮށް ހަރުކަށިފިކުރަށް މި ސެލްއަށް މީހުން ވައްދައި, ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވާ ގޮތް ކިޔައިދީ އެކަމާ ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް," ކޮމިޝަނަރު ވިދާޅުވި އެވެ.

ތަސްލީމްގެ އަމުރަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ބޮން ގޮއްވާލި އަދުހަމް އަހްމަދާއި ސައިކަލްގެ ވެރިފަރާތް އަދި ސެލްގެ އިސް މީހެއްގެ ގޮތުގައި އުޅުނު ތަހްމީން އަހްމަދާއި ފިލަން އެހީވެދިން މުޖާޒް އަހްމަދާއި އަހްމަދު ފާތިހުގެ މައްޗަށެވެ.

އޭގެ އިތުރުން ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތަށް ތަހުގީގު ކުރިއަށް ގެންދާ މީހުންގެ ތެރޭގައި ގއ. ވިލިނގިލީ ހުދުރުވާގެ, ފަހުމީ އަލީ އާއި ހއ. މުޅަދޫ ބަހާރުގޭ, އަބްދުالله އަލި މަނިކާއި ނ. މަނަދޫ, ނޫރާނީގެ އަލީ ހައިޝަމާއި ކ. ކުދެހިގެ, އިސްހާގާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. ހޯރަފުށީ އަލާނާސިގެ މުހައްމަދު ތަސްލީމް ހިމެނެ އެވެ.

މީގެ ތެރެއިން އެންމެ އިސްކޮށް އުޅުނީ ތަސްލީމްގެ އިތުރުން އިސްހާގާއި ހައިޝަމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނަޝީދު އަވަހާރަކޮށްލަން މި މީހުން ރޭވީ އިތުރު ބަޔަކު ފަންޑުކޮށްގެން ކަމަކަށް މިހާތަނަށް ނުބެލެވޭ ކަމަށެވެ.

"މި ހަމަލާދިން ފަރާތްތަކުން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ އެ މީހުންގެ ވިސްނުމުގައި އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން މ ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި ލޭ ހުއްދަވެފައިވާ ކަމަށް ކަނޑައަޅައިގެން," އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި އެ އެންމެންނަކީ ވެސް އައިއެސްގެ ފިކުރަށް ތާއީދުކުރާ އެ ފިކުރު ފަތުރަން މަސައްކަތްކުރާ މީހުންނެވެ.

ބޮން ތައްޔާރުކުރަން ފެށީ މާޗުގައި

ފުލުހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ބޮން ތައްޔާރުކުރަން ފެށީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ބޮން ހެދީ ކުއްޔަށް ނެގި އެޕާޓްމެންޓެއްގެ ތެރޭގަ އެވެ. ބޮން ގޮއްވާލުމަށް 18,000ރ. އަށް 2019 ވަނަ އަހަރު ސައިކަލެއް ގަނެފައިވާ އިރު ހަމަލާއަށް ތައްޔާރުވެ ގަރާޖަކުން އެ ސައިކަލް މި އަހަރު މަރާމާތުކުރި އެވެ.

ސައިކަލްގައި ބޮން ހަރުކުރީ ހުޅުމާލޭގެ ފްލެޓެއް ކައިރީގަ އެވެ. އެތަނަށް ތަހުމީން ބޮން ގެންދިއުމުން ސައިކަލްގައި ހަރުކުރީ އަލީ ހައިޝަމެވެ. އާއްމުކޮށް ކުޑަކުދިންނާއި މީހުން ނުކުމެ އުޅޭ އެ ސަރަހައްދުގައި, ބޮން ހަރުކުރުމުގެ ތެރޭގައި ނުރަކަލެއް ވި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލްގައި ބޮން ހަރުކުރުމަށް ފަހު އެކި މީހުން އަދާުކުރަންވީ ދައުރު ސާފުކޮށްދޭން ސެލްގެ ގިނަ ބަޔަކު ވެގެން މެއި 4 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވި ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދިނުމާއި ފިލުވުން; އެންމެންގެ ބައިވެރިވުން

ފުލުހުން އާއްމުކުރި ވީޑިއޯ އިން މި ހަމަލާގައި ހައްޔަރުކުރި އެންމެންގެ ވެސް ބައިވެރިވުން ނުވަތަ ކޮންމެވެސް ދައުރެއް އޮތް ކަން ވަނީ ސާފުވެފަ އެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި, ހުޅުމާލެ އިން ބޮން ހަރުކޮށްގެން ސައިކަލް ޕާކުކުރީ މެއި ފަސް ވަނަ ދުވަހުގެ ރޭ އިސްހާގެވެ. އޭގެ ފަހުން ބޮލުގައި އޮތް ހެލްމެޓް ނަގައި ހުޑީ އަޅުވައިގެން އެތަނުން ދުރަށް ދާ މަންޒަރު ބަލަން ސައިކަލެއްގެ މަތީގައި އަދުހަމް މަޑުކޮށްގެން އިންނަ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅުނު ކަންމަތީގައި ސައިކަލް ބަހައްޓާފައި އިސްހާގު އެ ސަރަހައްދުން ދިޔައީ ހިނގައިފަ އެވެ. އޭނާއާ މަގުމަތިން މުޖާޒްއާ ދިމާވެ އެވެ. އޭގެ ފަހުން އޭނާ ޓެކްސީއަކަށް އަރައިގެން ދިޔައީ ހުޅުމާލެއަށް ދިޔައީ އެކަނި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އިސްހާގު ސައިކަލް ޕާކުކުރި ރޭ އަދުހަމް އެ ސަރަހައްދުން ދިޔައީ ނަޝީދުގެ ކާރުކޮޅު މަޑުކުރުމުން, ނީލޯފަރު ހިނގުން ޗެކުކުރުމަށް ފަހު އެވެ. ސައިކަލް ބެހެއްޓި ފަހުން ހަމަލާ ދޭން އިސްކޮށް އުޅުނު ގިނަ ބަޔަކު ހުޅުމާލޭގައި އެއްތަންވެފައިވެ ސައްލާކޮށްފައިވެ އެވެ.

ހަމަލާގެ ކުރިން ސައިކަލް މޮނިޓާކުރަން ޓެކްސީގައި ބުރު ޖަހާފައިވެ އެވެ. ހަމަލާއަށް ތައްޔާރުވެގެން އަދުހަމް ދިޔައީ ގަޑިއެއްހާ އިރު ކުރިންނެވެ. ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމުން ޓްރިގާއަށް ފިތާލާ މަންޒަރު ކެމެރާއަށް ވަނީ އަރައިފަ އެވެ. ބޮން ގޮއްވާލައި އޭނާ ދުވެފައި އަތަމާ ޕެލަސް އިން ނުކުމެގެން ގޮސް މިސްކިތަކަށް އަރައި ދެން ގޮސް ވަނީ ބިލަބޮންގު ކައިރީގައި އޮންނަ ޕާކަށެވެ.

އެތަނުން އޭނާއާ ބައްދަލުވަނީ މުޖާޒް އާއި ފާތިހުއާ އެވެ. ބޮން ގޮއްވާލިއިރު އަދުހަމް ލައިގެން ހުރި އަންނައު ފޮރުވައިދޭން އެހީވީ މުޖާޒް އެވެ. އެ މީހުން ދެން ގޮސް ވަނީ ގާކޮށި ފްލެޓަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން އެ ޕާކުން ނުކުމެގެން ދިޔަ ފަހުން އެތަނަށް ގޮސް ކޮތަޅެއް ނަގަނީ އަބްދުالله އަލިމަނިކެވެ.

ފުލުހުން ބުނީ މިހާތަނަށް ހޯދުނު ކަންކަމަށް ބަލާއިރު, މިކަމުގައި އޮތީ މި އެންމެންގެ އަމިއްލަ މަގްސަދެއް ހާސިލްކުރުން ކަމަށެވެ. ކިތަންމެ ބަޔަކު މަރާލައިގެން ވިޔަސް އެކަން ހާސިލްކުރަން ބޭނުންވާކަން ޔާގޫތުގެ ކައިރީގައި ތިން ދުވަސް ވަންދެން ބޮން ހަރުކުރި ސައިކަލް ބަހައްޓައިގެން ގޮއްވާލަން ކުރި މަސައްކަތުން ވެސް އެނގެ އެވެ.

ޔާގޫތުގެ ކައިރީގައި ބޮން ހަރުކޮށްފައި ހުރި ސައިކަލެއް ތިން ދުވަސް ވަންދެން ބަހައްޓާ، އެއަށް ފަހު މޭރީ ބްރައުން ކައިރީގައި ގޮއްވާލުމަށް އުޅެ ނުވުމުން، އަނެއްކާވެސް ރާވައި ފާރަލާ ހަދައި ގޮއްވާލިއިރު އިންޓެލިޖެންސްގެ އެއްވެސް އިދާރާއަކަށް މިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާކަމެއް ރޭގެ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައެއް ނުވެ އެވެ.

މިހާ ފުޅާކޮށް, ސެލްތައް އޮޕަރޭޓްކޮށް މީހުން ކުފުރުކޮށް ހުކުމް ނެރެމުންދާ ކަމާއި ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަން މެއި ހައެއްގެ ހަމަލާ އިން ހެއްކަކަށް ފުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox