ޖާނުންފިދާވެގެން ވެސް ނަޝީދު އަވަހާރަކޮށްލަން ތިބީ ތައްޔާރަށް!

ނަޝީދު: އެމަނިކުފާނު އަވަހާރަކޮށްލަން އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅުނު ކަމަށް ފުލުހުން ބުނޭ.

ނަޝީދު: އެމަނިކުފާނު އަވަހާރަކޮށްލަން އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅުނު ކަމަށް ފުލުހުން ބުނޭ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލޭ ހުއްދަވެއްޖެ ކަމަށް ކަނޑައަޅައި ބޮމެއް ގޮއްވާލިއިރު, ޖާނުންފިދާވުމުގެ ހަމަލާއަކުން ވެސް އެމަނިކުފާނު އަވަހާރަކޮށްލަން ތިބީ ތައްޔާރަށް ކަމަށް ފުލުހުން މިރޭ އާއްމުކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ހަމަލާއާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ނަޝީދަށް އަމާޒުކޮށް ނީލޯފަރުމަގުގައި ބޮމެއް ގޮއްވާލީ އަވަހާރަކޮށްލަން ހަމަލާތައް ރާވައި ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. އެމަނިކުފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް 2019 ގައި ފަށައި އެކި ފަހަރުމަތިން ހަމަލާއަކަށް މަސައްކަތްކޮށްފައިވެ އެވެ.

Advertisement

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅާ އަރާ ހަމަވިތަނާ ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި, ހަމަލާ ރާވައި ހިންގި އިސް މީހުންނާއި އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނޭ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

މި މީހުންގެ ތެރެއިން ޖާނުންފިދާވެގެން ވެސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރުވެ ހުރީ ބޮން ގޮއްވާލި އަހްމަދު އަދުހަމް ކަމަށް ފުލުހުން ބުންޏެވެ. އެކަމަށް ހިތްވަރުދީ, ސެލް އޮޕަރޭޓްކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ހއ. ހޯރަފުށީ, އަލަނާސިގޭ, މުހައްމަދު ތަސްލީމް ކަމަށް ފުލުހުން އާއްމުކުރި މައުލޫމާތުގައި ބުންޏެވެ.

ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ސެލްއަށް މީހުން ވެއްދި ކަމުގެ ތުހުމަތު ވެސް ތަސްލީމަށް ކުރެ އެވެ.

ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނުގެ ދީނުން ބޭރުވެފައިވާ ކަމަށާއި ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ. އެ ހަމަލާ ދިނުމުގެ ބައިވެރިންގެ ގޮތުގައި ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަލާގެ މޯޓިވްއަކީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުތަކަށްޓަކައި ރައީސް ނަޝީދު އަވަހާރަކޮށްލުން," ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ހައްޔަރުކުރި ބައެއް މީހުން, ނަޝީދު ދައްކަވާ އެކި ވާހަކަފުޅުތަކާ ގުޅިގެން ދީނީ ހިޔާލުތަފާތުވުމުގައި އެމަނިކުފާނާ މެދު ރުޅިވެރިކަމާއި ނަފްރަތާއި އަދާވާތްތެރިކަން އުފެދިފައިވެ އެވެ. ނަޝީދަށް ދިން ހަމަލާއަކީ އެ މީހުންގެ އަމިއްލަ މަގްސަދެއް ހާސިލްކުރަން ހިންގި ކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

"އެކަމަކު ފުލުހުން އަދި އެއްވެސް ކަމެއް ރޫލް އައުޓްކޮށްފައެއް ނުވޭ," ރިޔާޒް ވިދާޅުވި އެވެ.

އެ ހަމަލާއަކީ, ފުލުހުން ބުނިގޮތުގައި, ބަދަލުގައި ފައިސާ ހުށަހަޅައިގެން ހިންގި ކަމެއް ކަމަށް ނުބެލެވެ އެވެ.

ފުލުހުން ބުނީ ނަޝީދަށް ހަމަލާދިން އެންމެންނަކީ ވެސް އައިސިސްގެ ހިލާފަތަށް ތަބާވާ މީހުން ކަމަށެވެ. އެކަމަކު އެ މީހުންނާ އެ ޖަމާއަތާ ސީދާ ގުޅުމެއް އޮތް ކަމުގެ ހެއްކެއް މިހާތަނަށް ނުލިބޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން ހަމަލާ ރޭވި މީހުންގެ ވަނަވަރު ވެސް ފުލުހުން އާއްމުކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ގއ. ވިލިނގިލީ ހުދުރުވާގެ, ފަހުމީ އަލީ އާއި ހއ. މުޅަދޫ, ބަހާރުގޭ, އަބްދުالله އަލި މަނިކާއި ނ. މަނަދޫ, ނޫރާނީގެ އަލީ ހައިޝަމާއި ކ. ކުދެހިގެ, އިސްހާގާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. ހޯރަފުށީ އަލާނާސިގެ މުހައްމަދު ތަސްލީމް ހިމެނެ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލް ގޮއްވާލަން ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޔާގޫތުގެ ސަރަހައްދާއި މޭރީ ބްރައުން ސަރަހައްދު ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހުރިހާ ރޭވުންތައް ފެއިލްވުމުން ދެން ނިންމީ, ނަޝީދުގެ ގެކޮޅު ކައިރީގައި ގޮއްވާލަން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާގައި ގޮއްވާލި ސައިކަލް 18,000ރ. އަށް ގަތީ 2019 ގަ އެވެ. ބޮން ގޮއްވާލުމަށް އެ ސައިކަލް ގަރާޖަކުން މަރާމާތު ވެސް ކޮށްފައިވެ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދެވި ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ގޮއްވާލި ބޮން ތައްޔާރު ކުރުމުގެ މަޝްވަރާތައް ފެށީ މާޗް މަހުގެ ތެރޭގަ އެވެ.

ރިޔާޒް ވިދާޅުވީ ސައިކަލްގައި ބޮން ހަރުކުރުމުގެ މަސައްކަތް ފެށީ މެއި 3 ގައި ކަމަށެވެ. ސައިކަލްގައި ބޮން ހަރުކުރީ ހުޅުމާލެ 106 ނަމްބަރު ފްލެޓް ކައިރީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox