އަނެއްކާވެސް ކުދި ވިޔަފާރިތަަކަށް ބީއެމްއެލް މެދުވެރިކޮށް ކޮވިޑް ރިލީފް ލޯނު ދޫކުރަނީ

މާލޭގެ ފިހާރައެއްގައި ބޯޑެއް ހަރުކުރަނީ: ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބައެއް ވިޔަފާރިތަކަށް ގެއްލުން ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ ފިހާރައެއްގައި ބޯޑެއް ހަރުކުރަނީ: ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބައެއް ވިޔަފާރިތަކަށް ގެއްލުން ބޮޑު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑުގެ ހަަތަރު ވަނަ ރާޅާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ބީއެމްއެލް މެދުވެރިކޮށް ކޮވިޑް ރިލީފް ލޯން ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑު ބަލިމަޑުކަން ކޮންޓްރޯލް ކުރަން މިއަދުން ފެށިގެން މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކާފިއު ހިންގާނެ އެވެ. އަދި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީއަށް ވަނީ އަސަރުކޮށްފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ފޫބައްދަން ސަރުކާރުން ދޭން ނިންމާފައިވާ އެހީއާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ގެއްލުންތަކުން އަރައިގަންނަން މިފަހަރު ވެސް ބީއެމްއެލް މެދުވެރިކޮށް ލުއި ލޯންތަކެއް ކުދި ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އެ އިޝާރާތްކުރެއްވީ ނިމުނު އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފެސިލިޓީއެއްގެ ދަށުން ބީއެމްއެލްއިން ދޫކުރި ލޯނުތަކަށެވެ. ރައީސް ވިދާޅުވީ މިފަހަރު ވެސް 20 މިލިއަން ޔޫރޯ (377 މިލިއަން ރުފިޔާ)ގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކުރިން މި ލޯނު ދޫކުރީ 3000 މުވައްޒަފުންނަށް ވުރެ މަދުން ތިބޭ ކުންފުނިތަކަށް ގިނަވެގެން 15.42 މިލިއަން ރުފިޔާ އެވެ. އެކަމަކު މިފަހަރުގެ ލޯން ފެސިލިޓީީއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ލޯން ފެސިލިޓީއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރު މުހައްމަދު އަމީރު ހިއްސާކުރައްވާނެ ކަމަށް ރައީސް މައުލޫމާތު ދެއްވި އެވެ.

ކޮވިޑް ރިލީފް ލޯން ދޫކުރުމުގެ އިތުރަށް ވިޔަފާރިތަކުގެ ކަރަންޓު ބިލާއި ފެން ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އިތުރު ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރެވި ނިމެމުން އަންނަ ވަރަކަށް ސަރުކާރުން އެ މައުލޫމާތު ހިއްސާކުރަމުން އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރޭތީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ކަހަލަ ވިޔަފާރި ހަރަކާތްތައް، ހާއްސަކޮށް ހިދުމަތްދޭ ގިނަ ވިޔަފާރިތައް، ހުއްޓާލަން ޖެހި އެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ނިމުނު އަހަރުގެ ތެރޭގައި ލިބުނު ގެއްލުމުން އަރައި ނުގަނެވެނީސް، އިތުރު ދަރަނިތަކެއް ބޮލުގައި އަޅަން ބޭނުންނުވާ ކަމަށް ކުރިން ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox