އާސެނަލާއި މެންޗެސްޓާ ސިޓީ އެއްވަރު، ހުރިހާ ސަމާލުކަމެއް ވީއޭއާރަށް!

Nov 30, 2026, 12:09 AM
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން.

ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ގިނަ ނިންމުންތަކަކަށް ސަމާލުކަން ހުއްޓިއްޖެ އެވެ. 

ސިޓީން ފުރަތަމަ ހާފުގައި އާލިން ހާލަންޑްގެ ގޯލުން ލީޑުނެގި މި މެޗުގައި އާސެނަލަށް މި ހާފުގައި އެއްވަރުކޮށްދިނީ ކައި ހަވާޓްޒް ޖެހި ގޯލުންނެވެ.

ސިޓީން ދެ ވަނަ ފަަހަރަށް ލީޑުނެގީ އައްޔޫބް ބުއާދީގެ މޮޅު ކުޅުމަކަށް ފަހު، ދެ ވަނަ ހާފުގައި އެންޒޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. އެކަމަކު، ޔޫރިއަން ޓިމްބާ ޖެހި ގޯލުން އާސެނަލުން ވަނީ އެއްވަރުކޮށްފަ އެވެ. 

މި މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލްގެ މިކޭލް މެރީނޯ އާއި ބްރޫނޯ ގިމާރޭސް ކުރި ފައުލުތަކަކަށް ކާޑު ނުދައްކާ މައްސަލައިގައި ސިޓީން އެޕީލްތަކެއް ކުރި އެވެ. އަދި، ސިޓީގެ ޖެރެމީ ޑޮކޫގެ ބޮލުގެ އިސްތަށިގަނޑުގައި އާސެނަލްގެ ޓީމްބާ ހިފި ކަމަށް ބުނުމުން، ވީއޭއާރް އިން ބެލި އެެވެ. އެކަމަކު، ވީއޭއާރް އިން ބަލައިފައި ނިންމީ ޓިމްބާ އެ ފަދަ ކަމެއް ނުކުރާ ކަމަށެވެ. 

އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ އެންޒޯ އުފާފާޅުކުރަނީ.
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސިޓީގެ އެންޒޯ އުފާފާޅުކުރަނީ.

އާސެނަލަށް އެއްވަރުކޮށްދިން ލަނޑު ޓިމްބާ ޖެހިއިރު ވެސް ވީއޭއާރް އިން ބެލި އެވެ. އެއީ، ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ އަށް އާސެނަލްގެ ގަބްރިއެލް މަގާޅައެސް ފައުލުކުރިތޯ  އާއި ޓިމްބާ ލަނޑު ޖެހީ އަތުން ބޯޅައިގައި ޖައްސާފައިތޯ އެވެ. އެ ދެ ކަމަށް ވެސް ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އާސެނަލްގެ ގޯލު ބަލައިގަންނާށެވެ. 

މެޗު އެއްވަރުވެފައި އޮއްވައި، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ސިޓީގެ ޖޮސްކޯ ގްވާޑިއޯލް ބޮލުން ޖެހި ބޯޅައެއް އާސެނަލްގެ ވިކްޓަ ޔޯކެރޭޝް އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީ އަކަށް ސިޓީން އެޕީލް ކުރި އެވެ. ވީއޭއާރް އިން ބަލައިފައި ނިންމީ ޔޯކެރޭޝްގެ އަތުގައި ބޯޅަ ޖެހުނީ ނެޗުރަލް ޕޮޒިޝަންގައި އަތް ބައިންދައިގެން ހުއްޓައި ކަމަށެވެ. މެޗަށް ފަހު ސިޓީ ކުޅުންތެރިން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. 

ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ދެ ޓީމުގެ މެދުގައި ހަ ޕޮއިންޓުގެ ލީޑެއް އެބައޮތެވެ. އާސެނަލަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް ސިޓީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުލިބޭއިރު، އެ ޓީމަށް އޮތީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ބްރައިޓަން އަށް 12 މެޗުން ލިބުނީ 22 ޕޮއިންޓެވެ. 

އެވަޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލުން އުފާފާޅުކުރަނީ.
އެވަޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލުން އުފާފާޅުކުރަނީ.

ހަތަރެއްގައި އޮތް ލިވަޕޫލް ވަނީ މިރޭ އެވަޓަންއާ 1-1 އިން އެއްވަރުވެފަ އެވެ. ޑޮމިނިކް ސޮބޯސްލާއި، ލިވަޕޫލަށް ލީޑުނަގައިދިން މި މެޗުގައި އެވަޓަން އިން އެއްވަރުުކުރި ލަނޑަކީ ލިވަޕޫލްގެ ޖެރެމީ ފްރިމްޕޮން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލަށް ވެސް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. 

ފަސް ވަނައިގައި އޮތް ބޯންމައުތުން ވަނީ 2-1 އިން ފުލަމް ބަލިކޮށް، ބަލިނުވެ 11 މެޗު ހަމަކޮށްފަ އެވެ. ބޯންމައުތަށް ވަނީ 12 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. 

ލީގުގައި މިރޭ ހަލް ސިޓީ އަތުން ކްރިސްޓަލް ޕެލަސް 3-2 އިން ބަލިވިއިރު، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ސަންޑަލެންޑް އަތުން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox