އީގަލްސް އަތުން މޮޅުވެ ވިކްޓަރީ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

Nov 29, 2026, 11:07 PM
ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ. 

އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ހަވީރު ކުޅުނު މެޗުގައި ގދ. ގައްދޫ އަތުން 7-0 އިން މޮޅުވެ، އެއް ވަނަ އަށް ޖެހިލި އެވެ. އެކަަމަކު، ވިކްޓަރީ މޮޅުވުމާ އެކު އެ ޓީމަށް އަލުން އެއް ވަނަ ލިބުނީ އެވެ. ވިކްޓަރީން ވަނީ އަށް މެޗުން 22 ޕޮއިންޓް ހޯދައިފަ އެވެ. މާޒިޔާ، ދެ ވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. 

ގަލޮޅު ދަނޑުގައި މިރޭ ވިކްޓަރީން ވަނީ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ދެ ލަނޑުގައި ވެސް މުހިންމު ރޯލެއް ކުޅުނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި، އަރިމަތިން ޗޯޓު ނެގި ބޯޅައެއް، އީގަލްސްގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބަށް މަތަނުވެ، ގޯލަށް ވަނީ އެވެ. އޭގެ ފަހުން، 20 ވަނަ މިނިޓްގައި ޗޯޓު ނެގި ހުރަހެއް، ސާގިބް ބޯމަތިން އޮއްސުނީ ގޯލުގެ ތެރެއަށެވެ. 

އޭގެ ފަހުން ވިކްޓަރީގެ ނައިޖީރިއާގެ ފޯވާޑް، އަލްހާޖީ ގޭރޯ ޖެހި ގޯލެއް ރެފްރީ ނިންމީ ބަލައިނުގަންނާށެވެ. އެއީ، އަލީ ޝާމިސް (ތޮއްޕޭ)ގެ ހުރަހަކަށް އަރައި ގޭރޯ މި ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށްވާތީ އެވެ. 

ދެ ވަނަ ހާފުގައި ވިކްޓަރީ އަށް ލަނޑެއް ޖަަހައިދޭން ނާއިޒު ހަސަން (ދާދު) ބޮލުން ފޮނުވާލި ބޯޅަ އާއި ނަޝާހު އަހުމަދު (ނައްޓު) ޖެހި ޝޮޓް ކީޕަރު ސާގިބު ވަނީ މަތަކޮށްފަ އެވެ. އަދި، ވިކްޓަރީގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. 

އީގަލްސް އިން ވެސް ކައުންޓަ އެޓޭކުގައި ކުރިއަށް ޖެހިގެން ލަނޑު ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، އީގަލްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ޖެހި ޝޮޓެއް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. 

މެޗުގެ އިތުރު ވަގުތުގައި ވިކްޓަރީގެ ހަސަން ސުފިއާނު (ސޫފީ) ޖެހި ބޯޅައެއް އީގަލްސް ކުޅުންތެރިއަކު ފައިގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. 

އީގަލްސް އިން ބްރޭކަށް ފަހު ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވިއިރު، ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާ އެކު އޮތީ ހަ ވަަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox