އިލާނަށް ހެޓްރިކެއް، ގައްދޫ ބަލިކޮށް ޗެމްޕިއަން މާޒިޔާ ކުރިއަށް

Nov 29, 2026, 5:44 PM
ގައްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު، އިލާން (ކ) އާއި ލޫތު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ގައްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު، އިލާން (ކ) އާއި ލޫތު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މުހައްމަދު އިލާން އިމްރާންގެ ހެޓްރިކާ އެކު، ގދ. ގައްދޫ ފުޓްބޯޅަ ޓީމު 7-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ކުރިއަށް ޖެހިލައިފި އެވެ. 

ލީގުގެ އެއް ވަަނައިގައި މާޒިޔާ އޮތީ ދެ ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ އެއްވަރަށް ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. މާޒިޔާ އަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީ އަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާގެ ފައިދާ 17 ގޯލު އޮތްއިރު، ވިކްޓަރީގެ އޮތީ 13 ގޯލެވެ. 

ވިކްޓަރީން މިރޭ ކުޅޭ މެޗުން ކްލަބް އީގަލްސްއާ ވާދަކޮށް ބަލިނުވެ ފަރުޖައްސާލައިފިނަަމަ އަލުން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. 

ގައްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ މާޒިޔާގެ ބެނިން މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭޒް އެވެ. ގޯމޭޒް ވަނީ އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. 

މެޗުގެ 15 ވަނަ މިނިޓްގައި މާޒިޔާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ، އަހުމަދު އައިހަމް (ފަތޯ) ނެގި ކޯނަރަކަށް މުޅިން ހުސްކޮށް އަރައި އިލާން ބޮލުން ޖެހި ގޯލެކެވެ. މާޒިޔާ އަށް ފުރަތަަމަ ހާފުގައި އިތުރު ގޯލެއް ޖަހައިދޭން އިލާން އާއި ގޯމޭޒަށް ވެސް ފުރުސަތު ލިބުނެވެ. އިލާން ޖެހި ބޯޅައެއް އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ގޯމޭޒްގެ ޝޮޓް ގޯލާ ސީދާ ވެސް ނުވި އެވެ. 

މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ޖެހި ޝޮޓެއް ގައްދޫގެ ކީޕަރު، ސަބާހު މުހައްމަދު ވަނީ މަތަކޮށްފަ އެެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ތިން މިނިޓް ތެރޭ ކޯނަރަކުން ލިބުނު ބޯޅައަކުން މާޒިޔާގެ ތިން ވަަނަ ލަނޑު ޖެހީ އިލާން އެވެ. 

މެޗުގެ 54 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ އައިހަމް އެވެ. އަރިމަތިން ލިބުނު ބޯޅައެއް އޭނާ ވަނީ ކީޕަރު ސަބާހު އަތްމަތިން ގޯލުގެ ތެެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އަދި، މެޗުގެ 60 ވަނަ މިނިޓްގައި އިލާން ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެެވެ. ދެ މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުުރުގައި ހުރުމަށް ފަހު އެނބުރި އައިސް ދެ މެޗުން އިލާން މި ވަނީ ހަތަރު ލަނޑު ޖަހަައިފަ އެވެ. 

މާޒިޔާ އިން ހަ ވަނަ ލަނޑު ޖެހީ އިލާން ދިން ބޯޅައަކުން، މެޗުގެ 72 ވަނަ މިނިޓްގައި ލޫތު އެވެ. އޭރިއާތެރެއިން ލޫތު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ. އަދި، މެޗުގެ 84 ވަނަ މިނިޓްގައި މާޒިޔާގެ ހަތް ވަނަ ލަނޑު ޖެހީ އައިހަމް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައަކުންނެވެ. 

ކުޅުނު އަށް މެޗުން ވެސް ބަލިވެ، ގައްދޫ އޮތީ ލީގުގެ 10 ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox