އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި

އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި.

އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި.

މި މަހުގެ 17 އިން 20 އަށް އިންޑޮނޭޝިއާގައި ބޭއްވި "9 ވަނަ އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓް 2026" ގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ތަމްސީލުކޮށްފި އެވެ.

1997 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހޮންޑާ މޮޓޯސައިކަލާއި ޕަވާ ޕްރޮޑަކްޓްސް ވިއްކުމުގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޝީޝާއިން މި މުބާރާތުގައި ވާދަކޮށްފައިވަނީ، އިންޑޮނޭޝިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑިއާ ހިމެނޭހެން 10 ގައުމަކުން ހޮވާލެވުނު އެންމެ މޮޅު 39 ހޮންޑާ ޓެކްނީޝަނުންނާ އެކުގަ އެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިންގެ ފަންނީ މައުލޫމާތާއި، އަމަލީ ހުނަރުގެ އިތުރުން ހިދުމަތް ދިނުމުގެ ފެންވަރު ވަނީ ވަޒަންކޮށްފަ އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ޝީޝާގައި މަސައްކަތްކުރާތާ 13 އަހަރު ވެފައިވާ ސްރީލަންކާގެ ޗީފް ޓެކްނީޝަން ޗަންދަނާ ދިނިދޫ ކުމާރާއެވެ. އޭނާއާއެކު ޝީޝާގެ ޗީފް އޮޕަރޭޓިންގ އޮފިސަރު އާމިނަތު މައިހާ އަހުމަދާއި، ސާވިސް ޑިވިޝަން މެނޭޖަރު ތައިމޫރު އާދަމް މޫސާގެ އިތުރުން ސޭލްސް ޑިވިޝަން މެނޭޖަރު މުހައްމަދު އިޝާމް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި
އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި

"އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ އެންމެ މޮޅު ހޮންޑާ ޓެކްނީޝަނުންނާއެކު ހުއްޓިލުމުން، ފުރިހަމަ ހިދުމަތެއްގެ މިންގަނޑު އޮންނަ ގޮތް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ. މިއީ އަޅުގަނޑުމެންގެ މުވައްޒަފުންނަށް އިންވެސްޓްކޮށް، އަމިއްލަ މުޖުތަމައަށް ހިދުމަތްކުރާނެ ދުނިޔޭގެ ފެންވަރުގެ ދިވެހި ޓެކްނީޝަނުންތަކެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ އަޒުމު އިތުރަށް ވަރުގަދަކޮށްދޭ ކަމެއް،" ޝީޝާގެ ސީއޯއޯ އާމިނަތު މައިހާ އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގައި މޮޓޯސައިކަލް ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވެ، މި ދާއިރާ އެއްކޮށްހެން ބިދޭސީންނަށް ބަރޯސާވެފައިވާއިރު، ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ވާދަކުރުމުގެ މައިގަނޑު މަގުސަދަކީ މި ދާއިރާއަށް ބޭނުންވާ ފެންވަރު ދައްކައިދީ، މިއީ ދިވެހި ޒުވާނުންނަށްވެސް އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ކެރިއަރެއްކަން އަންގައިދިނުން ކަމަށް ޝީޝާއިން ބުނެ އެވެ.

އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި
އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ ޓެކްނީޝަން މުބާރާތުގައި ޝީޝާއިން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފި

"އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވުމަކީ ހަމައެކަނި ވާދަކޮށްލުމެއް ނޫން. މިއީ އާ ކަންކަން ދަސްކޮށް، އަޅުގަނޑުމެންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަޅުގަނޑުމެން ދޭ ހިދުމަތުގެ ފެންވަރު މެދުވެރިކޮށް ކަސްޓަމަރުންގެ އިތުބާރު އިތުރަށް ހޯދުމަށް ލިބުނު ފުރުސަތެއް،" ސާވިސް ޑިވިޝަން މެނޭޖަރު ތައިމޫރު އާދަމް މޫސާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝީޝާއިން އަންނަނީ ރާއްޖޭގެ މޮޓޯސައިކަލް އާފްޓާސޭލްސް ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހޮންޑާގެ ސާވިސް އިންސްޓްރަކްޓަރ ކޮލިފިކޭޝަން ޕްރޮގްރާމް (އެސްއައިކިއުޕީ) އާއި އިން-ހައުސް ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް ޓެކްނީޝަނުން ތަމްރީނު ކުރަމުންނެވެ.

މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ ޝީޝާއަށް ހުޅުވުނު އައު ބާބެއްކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ބާއްވާ މި މުބާރާތުގެ ހުރިހާ އެޑިޝަނެއްގައިވެސް ވާދަކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox