އެމްޕީއެލް ފްލެޓުތަކުގައި ފެންބޮޑުވެ، ކުއްލި ހާލަތެއް ދިމާވި ބަލި މީހަކު ބޭލުން ވީ ގޮންޖެހުމަކަށް

ހުޅުމާލޭގައި ހުންނަ އެމްޕީއެލް ހިޔާ ފްލެޓުތައް.  ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގައި ހުންނަ އެމްޕީއެލް ހިޔާ ފްލެޓުތައް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގައި ހުންނަ އެމްޕީއެލް ފްލެޓުތަކުގައި ފެންބޮޑުވެ ލިފްޓުތައް ހުއްޓުމުގެ ސަބަބުން، ނުވަ ވަނަ ފަންގިފިލާގައި ދިރިއުޅޭ ސިއްހީ ހާލަތު ސީރިއަސް ބަލި މީހަކަށް ކުއްލި ފަރުވާ ދިނުމަށް ތިރިއަށް ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް އެތަނުގައި ދިރިއުޅޭ މީހަކު މި އެކައުންޓުން އާންމުކުރި ޕޯސްޓުގައި ބުނީ، އޮފީހުން ގެއަށް އައިއިރު އޭނާގެ މަންމަގެ އޮކްސިޖަން ލެވެލް ނުރައްކާތެރި މިންވަރަކަށް ދަށްވެ، ސިއްހީ އިތުރު މައްސަލަތަކާ ގުޅިގެން ޝޮކަކަށް ގޮސްފައިވާ ކަމަށެވެ. އަދި ވަގުތުން އެމްބިއުލާންސަށް ގުޅި ނަމަވެސް، މުޅި އިމާރާތުގައި ފެންބޮޑުވެ ލިފްޓުތައް ހުއްޓިފައި ހުރުމުން ނުވަވަނަ ފަންގިފިލާއަށް ޕެރަމެޑިކުންނަށް އެރޭނެ ގޮތެއް ނުވިކަމަށެވެ.

"މަންމަގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ގުޅުމުން އެ ޓީމަށްވެސް ވަގުތުން އާދެވޭ ގޮތެއް ނުވީ މާލެއިން އަންނަން ޖެހުމުން. އެހެންކަމުން ސިފައިން ޓަވަރުގެ މެނޭޖްމަންޓާ ގުޅައިގެން ކޮންމެވެސް ގޮތަކުން ލިފްޓުތައް އަލުން ޖައްސައިދިނުމަށް އެދެން ޖެހުނު،"  އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"އިތުރަށް މަޑުކުރެވޭކަށް ނެތް. އެންމެ ފަހުން ކުޑަ ލިފްޓު މަސައްކަތް ކުރަން ފެށުމާއެކު، މަންމަ ފުރޮޅުލީ ގޮނޑީގައި ތިރިއަށް ބާލަން ޖެހުނީ. އެއީ ކިހާ ބިރުވެރި ތަޖުރިބާއެއްކަން ބަޔާންކޮށްދޭންވެސް ނޭނގޭ."

މި ހާދިސާއާ ގުޅިގެން އޭނާ ވަނީ އުސް އިމާރާތްތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލުތަކެއް އުފައްދާފަ އެވެ.

ހާއްސަކޮށް ކަރަންޓު ކެނޑޭ ވަގުތެއްގައި ނުވަތަ ލިފްޓު ހުއްޓޭ ހާލަތެއްގައި އެނދުމަތިވެފައިވާ މީހަކަށް ކުއްލި ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ، އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދުގައި މަޑުކޮށްގެން ތިބުން ނޫން ގޮތެއް ނޯންނާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.

"މިއީ ހަމައެކަނި ފެންބޮޑުވުމާއި، އެޕާޓްމަންޓްތަކަށް ގެއްލުންވުން ނުވަތަ ދިމާވާ އުނދަގުލެއްގެ ވާހަކައެއް ނޫން. މިއީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ކަމެއް. އުސް ފަންގިފިލާތަކުގައި ދިރިއުޅޭ ބަލި މީހުންނަށް ކުއްލި ސިއްހީ އެހީތެރިކަން ހޯދުމަކީ ފުރާނައަށް ނުރައްކާވާ ފަދަ އިތުރު ގޮންޖެހުމަކަށް ވެގެން ނުވާނެ،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްޕީއެލް އެޕާޓްމަންޓުތަކާއި ޓަވަރުތަކަކީ މިހާރު ރައްކާތެރި ތަންތަން ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ އިމާރާތްތަކުގެ އޮނިގަނޑުގެ ތެރެއިން ފެން ފައިބައި ބޭރަށް ލީކުވުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ފާރުތަކުގެ ތެރެއިންނާއި ލިފްޓުތަކުގެ ތެރެއަށް ފެން ވަދެ، އިމާރާތުގެ އެކި ސަރަހައްދުތައް އެއްކޮށް ތެމި ފޯވެފައިވާ މައްސަލަތައް ދަނީ ތަކުރާރުކޮށް ފެންމަތިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox