ޗައިނާގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ފަށަން ކުރީގެ ހޮސްޕިޓަލް އިމާރާތް ތަޅާލަނީ

Nov 23, 2026, 1:42 PM
ވިލިމާލެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ހޮސްޕިޓަލު ތަރައްގީކުރަނީ ކުރީގެ ހޮސްޕިޓަލު ހުރި ބިމުގައި --- ފޮޓޯ: ގޫގުލް އާތު

ވިލިމާލެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ހޮސްޕިޓަލު ތަރައްގީކުރަނީ ކުރީގެ ހޮސްޕިޓަލު ހުރި ބިމުގައި --- ފޮޓޯ: ގޫގުލް އާތު

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލު އިމާރާތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލު" ގެ ނަމުގައި ތަރަައްގީކުރާ މި ހޮސްޕިޓަލް ހުންނާނީ ވިލިމާލޭގެ އިރުއުތުރު ފަރާތުގައި، އުތުރު ބަނދަރު ކުރިމަތިން އޮންނަ 6،052 އަކަމީޓަރުގެ ބިމުގަ އެވެ. މިތަނުގައި ފުރަތަމަ ނިންމީ އައިޖީއެމްއެޗްގެ ދަށުން ހިންގާ ހޮސްޕިޓަލް ބޮޑުކުރުމަށެވެ. ނަމަވެސް ޗައިނާގެ އެހީ ލިބުމާ ގުޅިގެން މުޅިން އާ ހޮސްޕިޓަލެއް އަޅަން ނިންމީ އެވެ. މިތަން ހާއްސަކުރާނީ އާންމު ބަލިތަކުގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ ފަރުވާއަށެވެ.

މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާނީ ގަސްތައް ކެނޑުމާއި އިމާރާތް ތަޅާލައި ކުނި އުކާލުމުގެ މަސައްކަތެވެ. މަތިން ފެށިގެން ތިރިއަށް، ކޮންމެ ފަންގިފިލާއެއް ވަކިން ތަޅާލުމުގެ މަސައްކަތް ކުރާނީ ހައުސިން މިނިސްޓްރީގެ ދަށުން އޮންނަ ޕަބްލިކް ވޯކްސް ސާވިސަސްއިންނެވެ. މަސައްކަތު ތާވަލުގައި އޮތީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މި މަސައްކަތް ނިންމާ ގޮތަށެވެ.

މި ހޮސްޕިޓަލުގެ ސައިޓުގެ ތެރޭގައި 60 ގަސް އެބަހުއްޓެވެ. މި 60 ގަހުގެ ތެރެއިން 35 ގަހެއް ހުރީ މަސައްކަތް ހިނގާ ސަރަހައްދުގަ އެވެ. އަނެއް 25 ގަސް ނުކަނޑައި ހިމާޔަތްކުރަން ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ނަގަން ޖެހޭ ގަސްތަކުގެ ތެރެއިން އަލުން އިންދޭ ފަދަ ގަސްތައް ލޭންޑިން ކްރާފްޓުގައި ގުޅީފަޅުގެ ފެހި ސަރަހައްދަކަށް ބަދަލުކުރޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ނުނެގޭ ގަސްތަކުގެ ބަދަލުގައި ރުއްގަސް އިންދައި، އެ ތަކެތި ހެދޭތޯ 12 މަސްދުވަހަށް ބަލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މި މަޝްރޫއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އެދުނީ ގުޅީފަޅު ނުވަތަ އެހެން ސަރަހައްދެއް ބެލުމަށެވެ. އެއީ ގަސްތައް ގެއްލުމާއި ކޮމިއުނިޓީ ގާޑަންގެ މައްސަލަތަކާ ހެދި އެވެ. ނަމަވެސް މިނިސްޓްރީން ބުނީ އެއީ ސިއްހީ ހިދުމަތަށް ދޫކޮށްފައިވާ ބިމެއް ކަމަށާއި، ބިން ބަދަލުކޮށްފިނަމަ ޗައިނާގެ އެހީ އަލުން މަޝްވަރާކުރަން ޖެހި ލަސްވާނެ ކަމަށެވެ.

މި މަސައްކަތާ ގުޅިގެން ހިޔާލު ހޯދި 23 މީހުންގެ ކުޑަ ސާމްޕަލްގެ ތެރެއިން 17 މީހުން މަޝްރޫއަށް ތާއީދުކުރި އެވެ. އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ އަޑާއި ހިރަފުހުގެ އިތުރުން ގަސްތައް ކެނޑުމެވެ. އަދި ގިނަ ބަޔަކު އެދުނީ މަސައްކަތް ލަސްނުކޮށް އަވަހަށް ކުރިއަށް ގެންދިއުމަށެވެ.

އާ ހޮސްޕިޓަލް އިމާރާތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ވަކިން އީއައިއޭ ރިޕޯޓެއް ތައްޔާރުކުރާނެ އެވެ. ވިލިމާލޭ ހޮސްޕިޓަލް އިމާރާތުގެ ތަފުސީލުތައް ލިބޭނީ އޭރުންނެވެ. 

ވިލިމާލޭގައި ޗައިނާއިން އަޅައިދޭ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލު" އަކީ ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވިއިރު އެ ގައުމުން ދިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕެކޭޖުގެ ބަޔެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox