ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކަނޑާލި މައްސަލަ ނުބަލާ ކަމަށް ފުލުހުން ބުނެފި

ބަޔަކު ނުކުމެ ކަނޑާލި ވިލިމާލޭގެ ނިކަގަސް: އެ ގަސް ކަނޑާލި މަައްސަލަ ފުލުހުން ބަލަމުން ނުދާ ކަމަށް އެ މުއައްސަސާއިން ބުނޭ -- ފޮޓޯ: އެކްސް

ބަޔަކު ނުކުމެ ކަނޑާލި ވިލިމާލޭގެ ނިކަގަސް: އެ ގަސް ކަނޑާލި މަައްސަލަ ފުލުހުން ބަލަމުން ނުދާ ކަމަށް އެ މުއައްސަސާއިން ބުނޭ -- ފޮޓޯ: އެކްސް

ވިލިމާލޭ ކުޑަކުދިންގެ ޕާކެއްގެ ތެރޭގައި ހުރި ދުވަސްވީ ނިކަގަހެއް ބަޔަކު ވަގަށް ކަނޑާލި މައްސަލަ ބަލަމުންނުދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ ވިލިމާލޭގައި ހުރި މި ނިކަގަސް ކަނޑާލި މައްސަލަ އެ މުއައްސަސާއަށް ހުށަހެޅިގެން ބަލަމުން ނުދާ ކަމަށެވެ. 

މިދިޔަ ޖުލައި މަހުގެ ތެރޭގައި މި ނިކަގަސް ކަނޑާލިއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ގަހުގެ ބޮޑުބައެއް ވަނީ ކަނޑާލައިފަ އެވެ. އެއީ ފުދޭ ވަރަކަށް ބޮޑު އަދި ބިޔަ ނިކަގަހެކެވެ. 

މާލޭ ސިޓީ ކައުންސިލުން އޭރު ބުނީ އެ ގަސް ކަނޑާލީ ސިޓީ ކައުންސިލުން ނޫން ކަމަށެވެ. އަދި ގަސް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން އޭރު ބުންޏެވެ. 

ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް އޭރު ކަނޑާލީ އެ  ރަށުގައި ފްލެޓު އެޅުމާމެދު ހިޔާލުތަފާތުވެފައި ވަނިކޮށެވެ. ވެހިކަލް ދުއްވުން މަނާ ވިލިމާލޭގެ ފެހިކަން ގެއްލޭ ގޮތަށް ފްލެޓުތަކެއް އަޅަން އެއްބަޔަކު ގަބޫލެއް ނޫނެވެ. އަނެއް ބަޔަކު ބޭނުންވަނީ ފްލެޓާއި ހޮސްޕިޓަލެއް ވެސް އެ ރަށުގައި އަޅާށެވެ. 

މާލޭ ސިޓީ ކައުންސިލުން ވިލިމާލެ ރައްޔިތުންނާއެކު މީގެކުރިން ބޭއްވި ބައްދަލުވުމުގައި ވެސް އެ ދެ ގްރޫޕުގެ މެދުގައި މައްސަލަ ޖެހުނެވެ. އަދި ގަސް ކަނޑާތީ އެކަމާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ވެސް މައްސަލަތަކެއް ޖެހުނެވެ. 

ވިލިމާލޭގެ ހުރި ބޮޑުނިކަގަހެއް ކަނޑާލަން މި އަހަރު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ވަނީ ވޯޓެއް ވެސް ނަންގަވައިފަ އެވެ. ވޯޓު ނެގީ އެމަނިކުފާނު ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox