އާ ހޮސްޕިޓަލް އެޅުމަށްޓަކައި ކުރީގެ އިމާރާތް ތަޅާލަނީ
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅާ 100 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ހުރި އިމާރާތް ތަޅާލާނެ. މި މަޝްރޫއުގެ ދަށުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ނަގަން ޖެހޭ ބައެއް ގަސްތައް ގުޅީފަޅަށް ބަދަލުކުރުމަށާއި ބައެއް ގަސްތައް ހިމާޔަތްކުރުމަށް ވަނީ ނިންމާފަ.